އިމަގު ޖަމިއްޔާގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެ
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެއެވެ.
އިހަވަންދޫގައި ކީރިތި ޤުރުޢާނުގެ ހަމަތަކުގެ މަތީން އުނގެނުމާއި، އުނގަންނާދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލްކަން އުފެދޭނެ ފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ރަށު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް މަސައްކަތްކުރުމުގެ އިތުރުން ދިވެހިރާއްޖޭގައި ބޭއްވޭ ޤައުމީ ޤުރުއާން މުބާރާތާއި އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިކުރާނޭ ކުދިން ހޮވުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ މި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިރޭ 23:59 އެވެ.
ހިތުން ކެޔެވުމުގެ ގޮތްފާއި ފޮތުން ކިޔެވުގެ ގޮތްފާއެކު ދެގޮތްފަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޤުރުއަން މުބާރާތުގައި މުބާރާތުގެ ވަނަ ހޮވުން ކުރިއަށް ދާނީ ދެ ބަޔަކަށް ބަހާލެވިގެންނެވެ. އެއީ މުބާރާތުގެ ޖޫނިއަރ ބައި (9 އަހަރުން ދަށުގެ ޢުމުރުފުރާތަކުން) އަދި މުބާރާތުގެ ސީނިއަރ ބައި (9 އަހަރުން މަތީގެ ޢުމުރުފުރާތަކުން) ނެވެ. މުބާރާތުގެ ޖޫނިއަރ ބައިން ހުރިހާ އުމުރުފުރާއަކަށް ބެލުމަށްފަހު އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވޭނެއެވެ. އަދި މީގެ އިތުރުންވކޮންމެ އުމުރުފުރައަކުން އެންމެ މޮޅު 5 ބައިވެރިންހޮވޭނެއެވެ. މުޅި މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނަ ހޮވުމުގައި ޖޫނިއަރ ބަޔަކަށް ނުބެލެވޭނެ ކަމަށާއި މުބާރާތުގެ ސީނިއަރ ބައިން ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވޭނެ ކަމަށް އިމަގު ޖަމިއްޔާއިން ހާމަކުރެއެވެ.
މުބާރާތުގެ ގަވާއިދު އިމަގު ޖަމިއްޔާގެ ރަސްމީ ފޭސްބުކު އެކައުންޓުން ލިބެން ހުރިއިރު، ގޫގުލް ފޯމެއް ފުރާލައިގެން މިމުބާރާތުގައި ބައިވެރިވެވޭނެ އެވެ. (މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު)
އިމަގު ޖަމިއްޔާއިން ބާއްވާ ޤުރުއާން މުބާރާތުގެ ނަން “އަލްމަރުޙޫމް ހުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތް” ގެ ނަމުގައި ކުރިއަށް ގެންދެވެނީ އެ ޖަމިއްޔާގެ އެއް މުއައްސިސްކަމަށްވާ ހއ. އިހަވަންދޫ ވައިޖެހޭގެ (ހ. ރިވޯރޑް) ހުސައިން ޒުހައިރުގެ ނަން ދިރުވާ އާލާކޮށް، އެ މަރްޙޫމްގެ ޒިކުރާ އާލާކުރުމުގެ މަޤްޞަދުގައެވެ.
މިމުބާރާތުގެ 1 ވަނަ އަށްދާ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމް އަދި 2 ވަނަ އަށް ހޮވޭ ބައިވެރިއަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމު އަދި 3 ވަނަ އަށް ހޮވޭ ބައިވެރިއަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ހުށައެޅިފައިވާ ކަމަށް އިމަގު ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.
މި މުބާރާތް މެދުނުކެނޑި ކުރިއަށް ގެންދާތާ މިހާތަނަށް 17 އަހަރުވެފައިވާއިރު މީގެ ކުރިން މި މުބާރާތް އެންމެ އާދައިގެ ގޮތެއްގައި ކުރިއަށް ގެންދިނަމަވެސް މިހާރުވަނީ މުބާރާތަށް ތަފާތު އެތައް ބަދަލުތަކެއް ގެނެވިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
އިމަގު ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް ހެދުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނަގަނީ
21 - ޑިސެމްބަރު - 2023
އިލެކްޓްރިކަލް ދާއިރާގެ ކޯހެއް ހިލޭ ކިޔެވުމުގެ ފުރުސަތު
14 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ޢީދު ފާހަގަކުރުމަށް އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ހިންގަނީ
26 - ޖޫން - 2023
ތައުލީމީ ދާއިރާއިން ސިވިލް ސޮސައިޓީ އެވޯޑް އިމަގަށް
9 - ޖޫން - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
އިމަގު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަސް
25 - މާރިޗު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް