ހޮސްޕިޓަލުގެ ބީލަން ހުޅުވާ ތާރީހް 7 ވަނަ ފަހަރަށް ދަންމާލައިފި
ހއ. އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ މަސައްކަތް ދެވަނަފަހަރު ބީލަމަށް ހުޅުވާލައިފަވާއިރު، ބިލަން ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޙް 7 ވަނަ ފަހަރަށް ދަންމާލައިފިއެވެ. އެގޮތުން މިހާރު ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތާރީހަކީ މިހިނގާ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. ބިޑް ހުޅުވާ ތާރީހަށް ގެނެވުނު ބަދަލު އިއުލާންކުރުމަށް މިނިސްޓްރީ އޮފް ފިނޭންސުން ކުރި އިއުލާނުގައި ބުނީ އޭޕްރީ 19 އަށް ހުޅުވަން އޮތް ބީލަމަށް ތައްޔާރުކޮށްފައިވާ ބިޑް ސެކިއުރިޓީ 25 ދުވަހު ހުޅުވާ ބީލަމަށް ސައްހަވާނެކަމަށެވެ.
ހއ. އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ މަސައްކަތް ދެވަނަފަހަރު ބީލަމަށްލީ 27 ޖެނުއަރީ 2022 ގައެވެ. އޭގެފަހުން 28 ފެބްރުއަރީ، 15 މާރިޗް، 23 މާރިޗް، 30 މާރިޗް، 07 އޭޕްރީލް، 19 އަދި އެންމެ ފަހުން 25 އެޕްރީލް އަށްވަނީ ބިޑް ހުށަހެޅުމުގެ މުއްދަތު ދަންމާލާފައެވެ.
މިނިސްޓްރީ އޮފް ފިނޭންސުން އެންމެފަހުން އާންމުކުރި ބީލަން ކްލެރިފިކޭޝަނުގައި ވާގޮތުން، މިކަމަށް ބީލަން ހުށަހަޅަން ރަޖިސްޓްރީ ކޮށްފައިވާ ބައެއް ފަރާތްތަކުންވެސްވަނީ ބީލަން ހުޅުވުމުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކޮށްދިނުމަށް އެދިފައެވެ.
އިހަވަންދޫގައި ސަރުކާރުން އަޅާ 30 އެނދުގެ ހޮސްޕިޓަލަށް ޖުމްލަ 71،114،130 މިލިއަން ރުފިޔާ ކުރިޔަށް އޮތް ތިން އަހަރު ތެރޭ ހޭދަވާނޭ ކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރަށް އެ މަޝްރޫއަށް ހަރަދުކުރުމަށް ވަނީ 17،567235 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފަ އެވެ. އަދި 2023 ވަނަ އަހަރަށް އެ މަޝްރޫއަށް 27،300،424 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފައިވާއިރު، 2024 ވަނަ އަހަރަށް ވަނީ 26،246،471 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފަ އެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
އައިކެއަރ ހޮސްޕިޓަލުން އިހަވަންދޫގައި ޚާއްސަ އައިކޭމްޕެއް ބާއްވަނީ
3 - ޖުލައި - 2025
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
26 - ފެބްރުއަރީ - 2025
އާމިނާދިޔޯ ސިއްޙީމަރުކަޒަށް 1 ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފި
13 - ފެބްރުއަރީ - 2025
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ!
31 - އޮކްޓޯބަރު - 2024
އިހަވަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތްފަށަނީ
25 - ފެބްރުއަރީ - 2024
ރޭގެ އެކްސިޑެންޓާއިގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ – ފުލުހުން
29 - އޮކްޓޯބަރު - 2023
އޭސީއެއްގެ ކޮމްޕްރެސަރ ގޮވައި މީހަކަށް އަނިޔާވެއްޖެ
29 - އޮކްޓޯބަރު - 2023
އަބްދުއްރަޝީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތައުބާގައި
29 - އޮކްޓޯބަރު - 2023
ކެންސަރު ބައްޔަށް ހިލޭ ސްކްރީންކުރުމުގެ ފުރުސަތު ހުޅުވާލައިފި
27 - އޮކްޓޯބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް