އިހަވަންދޫގެ ބޮޑު ހަތަރު މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމަށް ފެނައަކައަށް
އިހަވަންދޫގައި ހުކުރުނަމާދުކުރާ 4 މިސްކިތުގައި އިރުގެ އަވިން ކަރަންޓް އުފައްދާ ސޯލާ ޕެނަލް ހަރުކުރުމަށް ފެނަކަ ކޯޕަރޭޝަނާއި އިހަވަންދޫ ކައުންސިލުން ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށްޓަކައި މިއަދު ފެނަކަ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އިހަވަންދޫ ކައުސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ އިހަވަންދޫގެ ބޮޑު ހަތަރު މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރީ 899،602.39ރ އަށް 3 މަސްދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާގޮތަށެވެ. ސޮބާހް ފާހަގަކުރެއްވި ގޮތުގައި ކައުންސިލްގެ ބަޖެޓުން އަހަރަކު 1.2 މިލިއަން ރުފިޔާ މިސްކިތްތަކުގެ ކަރަންޓަށް ހަރަދުކުރަން ޖެހެއެވެ. އެހެންކަމުން މިމަސްރޫއުގެ ސަބަބުން ވަރަށްބޮޑުތަނުން ކަރަންޓަށްކުރަންޖެހޭ ހަރަދު ކުޑަކުރެވޭނެކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ. ފެނަކައިން ހެދި އެސެސްމެންޓުން، ސޯލާ ޕެނަލް ހަރުކުރާ މިސްކިތްތަކުގެ ކަރަންޓް ބިލް 0ރ އަށް ކުޑަކުރެވޭނެ ކަމަށް ދައްކާކަން ފާހަގަކޮށް ސޮބާހް ވިދާޅުވީ މިމަސްރޫއަށް ކުރާ އިންވެސްޓްމެންޓް 1 އަހަރުތެރޭ ކަވަރުވާނެކަމަށެވެ.
އިހަވަންދޫ ރައީސް ސޮބާހް ވިދާޅުވީ ފެނަކައިން މިކަމުގައި ކައުންސިލަށް ދެއްވާ އެއްބާރުލުމަށް ވަރަށްބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި، މިމަސްރޫއު ފެނަކަޔާއި ހަވާލުކުރީ އެއީ މިފަދަ މަސައްކަތެއްކުރުމަށް އެންމެ ގާބިލް ކުންފުނިކަމަށް ދެކޭތީ ކަމުގައެވެ.
އިހަވަންދޫ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މިމަސްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކުރާނީ އިހަވަންދޫ ތައުބާ، ތައާވުން، ނަސްރު އަދި އަބޫބަކުރު މިސްކިތުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
ދަނޑުގެ ލައިޓްގެ މައްސަލާގައި ވަޒީރާ ސުވާލުކުރަން ފޮނުވުމާއިއެކު ލައިޓް ޖެހުމުގެ އަމަލީ މަސައްކަތް ފަށައިފި
17 - ޖެނުއަރީ - 2024
މިދިޔަ މަހު އިހަވަންދޫގެ އެންމެ ބޮޑު ދެ މިސްކިތުގެ ކަރަންޓް ބިލަށް 0 ރުފިޔާ
2 - ނޮވެމްބަރު - 2022
ޕޮލިސް ބަލިކޮށް އައި.އެސް.އޭޑީ.އެޗް.ސީ ދެވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް
10 - އޮކްޓޯބަރު - 2022
އަލަށް ގޯތިދިން ސަރަހަށްދާއި، ރަށް ވަށައިގެން މަގުބައްތި ޖަހަނީ!
1 - އޮކްޓޯބަރު - 2026
އޯޕަން ސްޓޭޖް ގޯތި ތެރޭގައި މައިޒާނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
1 - އޮކްޓޯބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް