ފުޓްސަލް ދަނޑުގައި ވޮލީކޯޓް ޖަހަނީ ކައުންސިލުން ފާސްކޮށްގެނެއްނޫން
އިހަވަންދޫ ފުޓްސަލް ދަނޑުގައި ވަގުތީ ވޮލީ ކޯޓެއްޖެހުމުގެ މަސައްކަތްފެށީ ކައުންސިލުން ފާސްކޮށްގެން ނޫންކަމާއި، އަދި މިކަމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ލަފައެއްވެސް ނާހާކަން މިނޫހަށް އެނގިއްޖެއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އޮފިޝަލެއް މިނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެމިނިސްޓްރީއިން ތަރައްޤީ ކޮށްފައިވާ އިހަވަންދޫ ފުޓްސަލްދަނޑުގައި ވަގުތީ ވޮލީ ކޯޓެއް ޖެހުމުގެ ލަފަޔަކަށް އިހަވަންދޫ ކައުންސިލުން އެމިނިސްޓްރީގައި އަހާފައި ނުވާކަމުގައެވެ. މިފަހުންވަނީ ރަށްރަށުގެ ދަނޑުތަކުގެ މިލްކްވެރިކަން ކައުންސިލްތަކާއި ހާވާލުކޮށްފަކަމަށާއި ނަމަވެސް މިނިސްޓްރީއިން އަޅާފައޮތް ޓާފެއް ނަގާއިރު އެކަމުގައި މިނިސްޓްރީގެ ލަފައެއްވެސް ހޯދުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެބޭފުޅާ ދެކިލައްވައެވެ.
އިހަވަންދޫ ކައުންސިލަރަކު ނަންނުޖެހުމަށްއެދި ވިދާޅުވީ، ފުޓްސަލް ދަނޑުގައި ވަގުތީ ވޮލީ ކޯޓެއްޖެހުމުގެ މަސައްކަތްފެށީ ކައުންސިލުން ފާސްކޮށްގެން ނޫންކަމުގައެވެ. ނަމަވެސް އެކަން ކުރަނީ އެއްވެސް ގޯސްނިޔަތެއްގައި ނޫންކަމަށާއި، ޒުވާނުންގެ މަރުކަޒު އަޅުމަށް ނެގި ވޯލީ ކޯޓްގައި ހުރި މެޓްތައް ހަލާކުވާތީ، ދެޖިންސްގެ މީހުންނަށްވެސް ކުޅެވޭގޮތަށް ވަގުތީ ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށް އެކައުންސިލަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުޓްސަލް ދަނޑު ދާއިމީ ވޮލީ ކޯޓަކަށް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ކައުންސިލްގެ ނެތްކަމުގައެވެ. "ކުރިން މެޓް އަޅާފައޮތީމަ އަނިޔާވާތީ މެޓްނަގާފަ ކާޕެޓްއެޅީ، ކާޕެޓް ހަލާކުވީމަ ވަގުތީ ގޮތުން މެޓް ނާޅަ އެއޮންނަނީ އެކަމާ ބައެއްކައުންސިލަރުން ހެސްކިޔާފަ ދެކޮޅުވީމަ، މެޓް އަޅާފިއްޔާ ސަރުކާރުގެ ސަމާލުކަމަށް އެކަން ނާންނާނެކަމަށް ބުނަނީ. ދުވަހަކުވެސް އައު ކާޕެޓް އަޅާނުދޭނެކަމަށް، އެހެންވިއްޔާ ސަރުކާރުގެ ސަމާލުކަން ހޯދަން އެތައް ދުވަހެއް ވަންދެން ޒުވާނުން ކުޅުމުން މަހުރޫމްކޮށްފައޮތް ތަނެއް އެހެން ކަމެއް ކުރަންފެށީމަ ޒުވާނުންވީ ގުރުބާނީ ގެއްލުނީއެއްނޫންތަ؟" ކައުންސިލަރު ހިންހަމަ ނުޖެހުން ފާޅުކުރިއެވެ. އޭނާ ވިދާޅުވީ ކައުންސިލުންވާނީ އެތައްފަހަރަކު ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުމަށް މިނިސްޓްރީގައި ދަންނަވާފައެވެ. ނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް ނުލިބެއެވެ.
ފުޓުސަލް ދަނޑުގެ ހާލަތު ގޯސްވެ، އެތަނުގައި ކުޅޭ ފަރާތްތަކަށް އެކިވަރުގެ އަނިޔާ ލިބެމުންދާތީއާއި، ދަނޑުގެ ޓާރފު މިހާރު އޮތް ހާލަތަކީ، ކުޅުމަށް އެކަށީގެންވާ ހާލަތެއް ކަމަށް ކައުންސިލަށް ނުފެންނާތީ، 1 ޑިސެމްބަރު 2021 ގައި ކައުންސިލުންވަނީ ފުޓްސަލް ދަނޑު ބަންދުކޮށްފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޞަބާޙު ކުރިން މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދަނޑުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޔޫތު މިނިސްޓުރީއާއި ވާހަކަ ދެކެވި، މިނިސްޓަރުގެ ސަމާލުކަމަށްވެސް އެކަން ގެނެވިފައިވާއިރު އެކަމަށް ހައްލެއް ލިބިފައި ނުވާކަމަށެވެ. ފުޓުސަލް ދަނޑުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ވަރަށްބޮޑަށް ބޭނުންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ދަނޑުގެ މަރާމާތުތައް ކުރެވޭނެ އަގު އެމަސައްކަތް ކުރާ ފަރާތްތަކުން ކައުންސިލުން ހޯދާފައިވާނެ ކަމަށެވެ. ނަމަވެސް ކައުންސިލްގެ މިވަގުތުގެ މާލީ ހާލަތު ހުރި ގޮތުން އެމަސައްކަތް ކައުންސިލަށް ކުރެވެން ނެތްކަމަށް ޞަބާޙު ވިދާޅުވިއެވެ.
ކައުންސިލް އިދާރާގެ ސީނިއަރ މުވައްޒަފަކު ނަންނުޖެހުމަށް ޝަރުތުކޮށްބުނީ ޒުވާނުން ހާސްނުވުމަށެވެ. "ކައުންސިލަށް މިހާރު އަންނަ ޕްރެޝަރަށް ކެތެއްނުވާނެ. އެމަސައްކަތް ކުރިޔަށް ގެންދާކަށް ނުކުރޭނެ. ކުޑަ ހިއްވަރެއް ކޮށްލާފިއްޔާ މެޓްއަޅާ ވަގުތީގޮތުން ފުޓްސަލް ދަނޑުގަ ކުޅެވޭގޮތްވެސް ހަދާދޭނެ" އޭނާ ބުންޏެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޔޫތް އެސޯސޮއޭޓް އަލީ ރަމީޒަށް މިކަމާއި ބެހޭގޮތުން ސުވާލުކުރުމުން އެބޭފުޅާ ވިދާޅުވީ، ފުޓްސަލް ދަނޑަށް ގެންނަ ބަދަލު ކައުންސިލުން ހިއްސާކޮށްފައި ނުވާކަމުގައެވެ. "ވަރަށްގިނަ ޒުވާނުން މިކަމާބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ސުވާލުކުރާތީ، ކައުންސިލުން މިކަމުގައި ގެންގުޅޭ ވިސްނުމެއް ސާފުކުރަން މިއަދު ކައުންސިލާ ބައްދަލުކުރަން މަސައްކަތްކުރެވިއްޖެ. ވަރަށް ގިނަ ބައްދަލުވުން އޮތްކަމަށާ، މިއަދު ބިޒީކަމަށްބުނެ ބައްދަލެއްނުކުރި." އަލީ ރަމީޒް ވިދާޅުވިއެވެ.
ކައުންސިލުން ފުޓްސަލް ދަނޑުގައި ވަގުތީ ވޮލީ ކޯޓެއްޖެހުމުގެ މަސައްކަތް ފެށުމާއިއެކު އިހަވަންދޫގައި ފުޓްބޯޅަކުޅޭ ޒުވާނުންނާއި ޓީމްތަކުން އަނަނީ އެކަމަށް ވަރަށްބޮޑަށް ދެކޮޅު ހަދައި ބަޔާންޔައް ނެރެމުންނެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓުސް އެންޑު ކޮމިއުނިޓީ އެމްޕަވަރމަންޓް
ފުޓްސަލް ދަނޑު
ގުޅުން ހުރެދާނެ ލިޔުން
ފުޓްސަލް ދަނޑުގައި އަނެއްކާވެސް މެޓް އަޅައިފި
13 - ސެޕްޓެމްބަރު - 2022
އޮޅޭގޮތަށް މައުލޫމާތު ފަތުރާކަމަށްބުނެ އިތުރަށް އޮޅޭގޮތަށް ބަޔާނެއް ނެރެފި
22 - މޭ - 2022
ޒުވާނުންގެ މަރުކަޒުއަޅަން ހުރަވީ ދަނޑުން ބިންދޭން ނިންމައިފި
16 - ޑިސެމްބަރު - 2021
ފުޓުސަލް ދަނޑު ބަންދު ކޮށްފި
1 - ޑިސެމްބަރު - 2021
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް