ބަދުއަޙުލާޤީ މައްސަލައެއްގެ ތުހުމަތުގައި އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި

އިބްރާހިމް ނަޝީދު

ކުޑަކުދިންތަކަކާއެކު ގަދަކަމުން ބަދުއަޙުލާޤީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި އިހަވަންދޫން މީހަކު ހައްޔަރު ކޮށްފިއެވެ. ޕޮލިސް މީޑިޔާ އޮފިޝަލަކު ވިދާޅުވީ އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނެއްކަމަށާއި ތަޙުޤީގު ކުރިއަށްދަތީ އިތުރު މައުލޫމާތު ދެވެންނެތް ކަމަށެވެ.

އިހަވަންދޫ ޑޮޓް ކޮމް އަށް ކަށަވަރުވެފައިވާ ގޮތުގައި އިއްޔެ މެންދުރުފަހު މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އިހަވަންދޫ އަންހެނަކާ ކައިވެނީގެ ގޮތުން ގުޅިގެން އިހަވަންދޫގައި ދިރިއުޅޭ މ. މުލި، މުޙައްމަދު ސަލީމު (ސާކާ) އެވެ. އަދި މިމައްސަލާގައި ފިރިހެން ކުދިންތަކަކާ ފުލުހުން ސުވާލުކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ބަދުއަޙުލާޤީ މައްސަލައެއްގެ ތުހުމަތުގައި އަނެއްކާވެސް އިހަވަންދޫން މީހަކު ހައްޔަރު ކޮށްފައިވާއިރު އެފަދަ މައްސަލއެއްގެ ތުހުމަތުގައި ސެޕްޓެމްބަރ 19 ވަނަ ދުވަހު އިހަވަންދޫން ހައްޔަރުކުރި ވަފާ ޤުރުއާން ކުލާހުގެ އުސްތާޛު ސައްޔިދު ޙަލީޤުއް ރަޙުމާނު ބަންދުގެ މުއްދަތު ކޯޓުން ޖަހައި ނުދިނުމުން އެމައްސަލަ މިހާރު ދައުލަތުންވަނީ އިސްތިއުނާފަށް ހުށައަޅާފަ އެވެ.