އިހަވަންދޫ ހުވާސް ފިހާރައިން ވައްކަން ކުރި މައްސަލާގައި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
ހއ. އިހަވަންދޫ ހުވާސް ފިހާރަ ފަޅާލައި ވައްކަން ކުރި މައްސަލާގައި މިހާތަނަށް ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުވާސް ފިހާރަ ފަޅާލައި ވައްކަން ކުރި މައްސަލައާ ގުޅިގެން 29 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. މިދެމީހުންގެ ބަންދަށް އިހަވަންދޫ މެޖިސްޓުރޭޓު ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހުވާސް ފިހާރައިން ވަގަށްނަގާފައިވާ ފައިސާ ތަކުގެ ތެރެއިން ބައެއް ފައިސާ ފުލުހުން ހޯދާފައިވާ ކަމަށް ފުލުހުން ހާމަކުރެއްވިއެވެ. ހުވާސް ފިހާރައިގެ ތިޖޫރީ ވަގަށް ނެގިއިރު އޭގައި ދެލައްކަ ތިރީސްހާސް ރުފިޔާ ހުންނާނެ ކަމަށް ފިހާރައިން މައުލޫމާތު ދީފައިވާއިރު، ފުލުހުންނަށް މިހާތަނަށް ހޯދިފައިވަނީ ކިހާ ފައިސާއެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ އަދިވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހއ. އިހަވަންދޫ ހުވާސް ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލ ފުލުހުންނަށް ހުށައަޅާފައި ވަނީ މިދިޔަ އަންގާރަދުވަހުގެ ފަތިހު 5:45 އެހާކަންހާއިރު އެވެ. އެވަގުތުންފެށިގެން ފުލުހުން އިހަވަންދޫގައި ހިންގާ އޮޕަރޭޝަންގައި އިއްޔެ ހަވީރުގެ ވަގުތެއްގައި އިހަވަންދޫ އިރުމަތީ ފަރާތު މޫދުން ވަނީ ވަގަށްނަގާފައިވާ ތިޖޫރީ ހޯދާފައެވެ. އަދި އެސަރަހައްދުގެ މޫދުން ފުލުހުން ދަނީ ފައިސާ ހޯދަމުންނެވެ. އިއްޔެއާއި މިއަދު ފުލުހުން ވަނީ އިހަވަންދޫ އިރުމަތީ ފަރާތު މޫދު ފީނާގެން ބަލާ ހޯދާފައެވެ. އިހަވަންދޫގެ ގޮނޑުދޮށުން އެކި ސަރަހައްދުތަކުން ފައިސާ ނޫޓު ލައްގަމުންދާތީ، ފުލުހުން ވަނީ ގޮނޑުދޮށުން ފައިސާ ފެނިއްޖެނަމަ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދިލައްވާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ލޯކަލް ޓްރޭޑަރސް ފަޅާލައި ވައްކަން ކޮށްފި
26 - އޮގަސްޓު - 2026
ފޮޓޯ: ލޯކަލްޓްރޭޑަރސް ފަޅާލައި ވައްކަންކުރުން
26 - އޮގަސްޓު - 2026
އިހަވަންދޫ ހުވާސް ފިހާރައިން ވަގަށްނެގި ފައިސާގެ ތެރެއިން ބައެއް ހޯދައިފި
4 - ފެބްރުއަރީ - 2021
އިހަވަންދޫ ހުވާސް ފިހާރައިން ވަގަށްނެގި ތިޖޫރީ ހޯދައިފި
27 - ޖެނުއަރީ - 2021
އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
4 - ސެޕްޓެމްބަރު - 2026
ރިކްޒާންގެ ތާރީޚީ 'ސައްޕަކުން' ކޮމްބިނޭޝަން ބަލިކޮށް، 5 ވަނަ ފަހަރަށް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް ޕޮލިސް ކާމިޔާބުކޮށްފި!
18 - ޖުލައި - 2026
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2026: ފައިނަލްގައި މިރޭ ޕޮލިހާއި ކޮމްބިނޭޝަން ވާދަކުރާނެ!
18 - ޖުލައި - 2026
ވާދަވެރި ޕޮލިހާއި ފެނަކައިގެ މެޗުން އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް މާދަމަރޭ ފަށަނީ...
9 - ޖުލައި - 2026
އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުތައް (B) ޒޯނަށް ބަދަލުކުރުމަށް ދީފައިވާ މުއްދަތު އަންނަމަހު 20 އަށް އިތުރުކޮށްފި
26 - އޮގަސްޓު - 2025
އިހަވަންދޫ ޕޮލިސްޓޭޝަނުގެ މަސައްކަތް އަންނަމަހު ފަށަނީ!
18 - އޭޕްރީލް - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް