އިހަވަންދޫ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ޕާރކު ސެޓް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ޕާރކު ސެޓް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ. މިހިނގާ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހު އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވަނީ، އިހަވަންދޫ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ޕާރކު ސުލައިޑް ސެޓާއި، ޕާރކް ސްވިންސެޓް،އަދި ޕާރކު ސުޕްރިންގ ސެޓް  ސަޕްލައިކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ޑިސެންބަރުވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު 28 ޑިސެމްބަރުވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ބީލަން ހުށަހެޅުމަށެވެ.

ބީލަމުގައި ރަޖިސްޓްރީ ވުމަށް އީމެއިލް މެދުވެރިކޮށް procurement@ihavandhoo.gov.mv އަށް ފޮނުވޭއިރު 6500256 ނަންބަރު ފޯނަށް ގުޅައިގެންވެސް ރަޖިސްޓްރީވެވެއެވެ.

އިހަވަންދޫ ކުޑަކުދިންގެ ޕާކަކީ 2010 ވަނައަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިހަވަންދޫގައި ހިންގުނު އުމްރާނީ ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހަދާފައިވާ ތަނެކެވެ.