އިހަވަންދޫ ކުލަބު ޕޯލްސްޓަރ އިން މަސައްކަތުދުވަހެއް ފާހާގަ ކުރަމުން އެބަދެއެވެ. އެކުލަބުން ހާމަކުރައްވާ ގޮތުގައި މިއަދު މިފާހަގަ ކުރެވޭ މަސައްކަތު ދުވަހަކީ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތައް ފަންޑު ހޯދުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރެއިން ކަމެކެވެ.
ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުލަބުން ގިނަ މަސައްކަތް ތަކެއް ކުރަމުން ދާއިރު މިއަދުގެ މިފާހަގަ ކުރެވޭ މަސައްކަތު ދުވަހުގައި ފިރިހެން 2 ގުރޫޕާއި އަންހެން 2 ގުރޫޕު ދަނީ ހަރަކާތްތެރިވަމުންނެވެ. މިއަދު ހެނދުނު 7:00 ގައި ގުރޫޕު ތަކުގެ މަސައްކަތްތައް ފަށާފައި ވާއިރު މިއަދުގެ އިރުއެއްސެންދެން މަސައްކަތް ކުރިއަށްދާނޭ ކަމަށް ކުލަބުން ހާމަކުރައްވައެވެ.
ކުލަބުން އިތުރަށް ހާމަކުރި ގޮތުގައި މިއަދުގެ މިހަރަކާތަށް ރައްޔިތުންގެ ފަރާތުން ވަރަށްވެސް ފުރިހަމަ އެއްބާރުލުމެއް ލިބޭކަމަށާއި އެކަމަށްޓަކައި ކުލަބު ޕޯލްސްޓަރ އިން ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރުވެރި ވާކަމަށެވެ.