މަސްވެރިން ކިރުވާ މަސްކޮޅަށް ފައިސާނުލިބި 2-3 މަސްވެގެން ދާދިއުމަށް އަވަސް ހައްލެއް ބޭނުންވާކަމަށް، އިހަވަންދޫ ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަން ވިދާޅުވެއްޖެއެވެ. ޒާހިރު މިހެން ވިދާޅުވީ މިއަދު ހެނދުނު ފޭސްބުކްގައި ޖެއްސެވި ޕޯސްޓެއްގައެވެ.
ޒާހިރު ވިދާޅުވީ މަސްވެރިންގެ އަނބިންނާއި ދަރިންވެސް ކާބޮއެ ހަދަންޖެހޭކަމަށާ، އެމީހުންނަށްވެސް ފެންބިލާއި، ކަރަންޓްގެ އިތުރުން އިންޓަނެޓާއި ކޭބަލް ޓިވީ ބިލްވެސްވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަން ޖެހޭކަމުގައެވެ. “މަސްކިރި ލާރި ސަރުކާރުން ނުދޭތީ ބިލު އަދި ޖޫރިމަނާ ފަސްކޮށެއްނުދޭ” ޒާހިރު ފާހަގަކުރެއްވިއެވެ. ފައިސާ ލިބުން ލަސްވުމުން މަސްވެރިންނަށް ކުރާނެ ހިއްދަތި އަސަރު ހާމަކޮށްދެއްވަމުން ޒާހިރު ވިދާޅުވީ، ގަދަހިއްވަރާ އެކު ބުރަމަސައްކަތުން ބޭނި މަސްކޮޅު ސަރުކާރުން ކީއަގަކަށް ސަރުކާރުން މިނިކައްޓާ އަކުން ކިރުމަށްފަހު ފައިސާ ކޮޅުނުލިބި 2 މަސް 3 މަސް ވެގެން ދާދިއުމަކީ ހިއްދަތި އަވަސް ހައްލެއްބޭނުންވާ ކަމެއްކަމުގައެވެ.
ސަރުކާރުން މަސްވެރިންނަށް ތައާރަފްކުރުމަށް މަސައްކަތްކުރަމުން އަންނަ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވައި އެކަންކަމުގެ މުހިންމުކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ އެކަންކަމަށްވުރެ އެންމެ މުހިއްމީ މަސްވެރިނަށް އުޖޫރަ ދިނުންކަމުގައެވެ. “މަސްވެރިންގެ ދަފުތަރާއި މަސްވެރިންގެ ބޯޑާއި، ފީނަން ދަސްކޮއްދިނުމާއި، މިހިރަ މިހިރަ ކަންކަމީވެސް މުހިންމު ކަންކަން، އެހެނަސް އެޔަށް ވުރެ މުހިންމީ ކުރެވުނު ހަލާލުމަސައްކަތަށް ދޭންޖެހެ އުޖޫރަ އޭގެ ހައްޤުވެރިންނަށް އަދާކުރުން” ޒާހިރު ވިދާޅުވިއެވެ. ދީނީ ގޮތުން އެކަން އޮންނަ ގޮތަށް އަލިއަޅުއްވާލައްވައި ޒާހިރު ވިދާޅުވީ، އެމީހެއްގެ އުޖޫރަ އެމީހެއްގެ މަސްކަތުގެ ދާހިނދުމުގެ ކުރިން ދޭވޭކަން ޔާޤީން ކުރަން ޖެހޭކަމުގައެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް މަސްވެރިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުއަށް ތާއިދުހޯދުމަށް މުޅިރާއްޖޭގެ މަސްވެރިން މަސްވެރިކަން ހުޓާލާ ކުރި ބުރަމަސައްކަތް ހަނދާން އާކުރަން ޖެހޭކަމުގައެވެ. މަސްވެރިން އެބަދަލަށް އެދުނީ ފޮނިއުންމީދުތަކަކާ އެކު ފޮނި ހުވަފެންތަކެއް ދެކި އިތުބާރު ކޮށްގެންކަމަށް ޒާހިރު ވިދާޅުވިއެވެ.
މިވެރިކަމުގައި ކިރުވި އެއްވެސް މަހަކަށް ފައިސާ ލިބިފައި ނުވާކަމަށް މިނޫހާ ވާހަކަދެއްކި އިހަވަންދޫގެ ބައެއް އޮޑިވެރިން މައުލޫމާތުދެއެވެ.