Banner Image Description

ކޭބަލް ޓީވީ ފޮށިތަކެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 3 މީހުން ހައްޔަރުކޮށްފި

އިބްރާހިމް ނަޝީދު

އިހަވަންދޫ ކޭބަލް ޓީވީ ސާވިސް އިން އިހަވަންދޫގެ ގެތަކަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ފޮށިތަކެއްގައި މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އަލިފާން ރޯކޮށްލާފައިވަނިކޮށް އެކަމުގެ ތުހުމަތުގައި އިހަވަންދޫން 3 މީހުން ފުލުހުންގެ ބެލުމެގެ ދަށައް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އެމައްސާލައިގެ ތުހުމަތުގައި ރޭ އިރާކޮޅު ކޯޓު އަމުރެއްގެ ދަށުން 22 އަހަރާއި 19 އަހަރު އަދި 25 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ތަޙުޤީގު ކުރިއަށްދާތީ އިތުރު މައުލޫމާތު ދެވެން ނެތްކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިމައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހއ. އިހަވަންދޫ މީނާޒު ހުސައިން ޔާމިނާއި ހއ. އިހަވަންދޫ ފެހިވަނަ ޢަލީ ނިޝާމުގެ އިތުރުން އިހަވަންދޫގެ އަންހެނަކާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ތ. ގުރައިދޫ ރަމީޒު ޙަސަން އެވެ.