ކެއްކުމުގެ މުބާރާތުން އެއްވަނަ އިމަގަށް

.

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ކެއްކުމުގެ މުބާރާތުން އެއްވަނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ ހޯދައިފިއެވެ.

އިމަގު ޖަމިއްޔާ މިމުބާރާތުގެ އެއްވަނަ ހޯދުމުންވަނީ 2000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. މިމުބާރާތިން ދެވަނަ ހޯދި ކްލަބް ޕޯލްސްޓަރ އަށް 1500ރ ގެ ފައިސާގެ އިނާމެއް ދިންއިރު މިމުބާރާތުގެ 3 ވަނައަށް ދިޔަ ހަހައްޔަ (އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް އަދި އިހަވަންދޫ ބިޒްނަސް ސެންޓަރުގެ ޓީމް) އަށްވަނީ 1000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ.

މިއީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް 2022 ވަނަ އަހަރުން ފެށިގެން އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން ބާއްވަމުންއަންނަ މުބާރާތެކެވެ. ރޭ އިހަވަންދޫ ބަނދަރުސަރަހައްދުގައި ބޭއްވި މިމުބާރާތުގައި 7 ޓީމަކުން ވާދަކުރިއެވެ. އެއީ ހަހައްޔަ (އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް އަދި އިހަވަންދޫ ބިޒްނަސް ސެންޓަރުގެ ޓީމް)، އިހަވަންދޫ ކައުންސިލް، އާމިނާދިޔޯ ސިއްޙީމަރުކަޒު، ފެނަކަ އިހަވަންދޫ ބްރާންޗް، އިހަވަންދޫ ޕޮލިސް ސްޓޭޝަން، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އަދި ކްލަބް ޕޯލްސްޓަރއެވެ.