އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް މިއަދުވެސް، ކަރަންޓް ކަނޑަނީ

.

އިހަވަންދޫގެ ކަރަންޓްގެ ނިޒާމުގެ އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށްޓަކައި މިއަދު (10 މާރިޗް 2024 ވާ އާދިއްތަ ދުވަހު) ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވާކަމަށް ފެނަކަ އިހަވަންދޫ ބްރާންޗްއިން ހާމަކޮށްފިއެވެ. މިކަމާއިގުޅިގެން ފެނަކަ އިހަވަންދޫ ބްރާންޗުން ކޮށްފައިވާ އިޢުލާނުގައިވަނީ އަޕްގްރޭޑިންގ މަސައްކަތް ކުރިޔަށްދާ ވަގުތު، ހަވީރު 15:00 އިން 17:00 އަށް ރަށުގެ އިރުމަތީ ފަރާތުގެ ސަރަހައްދުގެ ބަޔަކުން ކަރަންޓްގެ ޙިދުމަތް މެދުކެނޑޭނެ ކަމަށެވެ.

ފެނަކައިން މިއަދު ކުރިޔަށް ގެންދަނީ ރަށުގެ އެކި ސަރަހައްދު ތަކުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު ޑައުންޔުނިޓަށް ގުޅުމާއި ކޮންޓްރޯލް ޕެނަލްގެ ޓެކްނިކަލް މަސައްކަތްތަކެކެވެ. މިމަސައްކަތް ކުރުމަށް މިދިޔަ ހުކުރު ދުވަހުވެސް ރަށުގެ ހުޅަނގު ފަރާތުގެ ސަރަހައްދުގެ ބަޔަކުން ކަރަންޓް ކެނޑިއެވެ.

އިހަވަންދޫގެ ވޯލްޓޭޖް ޑްރޮޕްވާ މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ރަށުގެ 3 ސަރަހައްދެއްގައި ޓްރާންސްފޯމަރުތައް ބަހައްޓައިނިމި  ޕަވަރހައުސްގެ އައު ކޮންޓްރޯލް ޕެނަލް މިހާރުވަނީ އިންސްޓޯލް ކޮށްފައެވެ. މިހާރުކުރިޔަށްދަނީ ޓްރަންސްފޯމަރުތައް ޑިސްޓްރިބިއުޝަން ފޮށިތަކާއި ގުޅުމުގެ މަސައްކަތެވެ.