އިމަގުން ތަރައްޤީކުރަމުންދާ ވޮލީކޯޓާ ގުޅުވައިގެން ދޮގުވަހާކަ ދައްކާތީ އެކަން ކުށްވެރިކޮށްފި

.

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ތަރައްޤީކުރަމުންދާ ވޮލީކޯޓާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ސިޔާސީ މަޤްސަދެއް ހާޞިލްކުރުމަށް ހަޤީގަތާ ޚިލާފު ވާހަކަތަކެއް ދަށްކަމުންދާކަމަށްބުނެ އެކަން އިމަގުން ކުށްވެރިކޮށްފިއެވެ.

އިމަގުން އެކަން ކުށްވެރިކުރީ އެޖަމިއްޔާގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި މިރޭ ޝާއިއުކުރި ކުރު ބަޔާނެއްގައެވެ. އިމަގު ބަޔާނުގައި ބުނެފައިވަނީ އެޖަމިއްޔާގެ ރިހިޔޫބީލް މުނާސަބާއާ ގުޅުވައިގެން ތަރައްޤީކުރަމުންދާ ޒަމާނީ އައުޓްޑޯރ ވޮލީކޯޓަކީ ސަރުކާރުގެ ބައެއް މުއައްސަސާތަކާއި، ރަށުގެ ޒުވާނުންނާއި އިމަގު ދެކެ ލޯބިވާ އެތައްބައެއްގެ އެހީތެރިކަމާއި މަދަދާއިއެކު އެޖަމިއްޔާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތެއްކަމުގައެވެ.

އިމަގުން  އިހަވަންދޫގައި ޒަމާނީ ވޮލީ ކޯޓެއް އެޅުމަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި ކައުންސިލުންސިލާއިއެކު ސޮއެކުރީ 20 ސެޕްޓެމްބަރ 2021 ގައެވެ. އިމަގުން އިހަވަންދޫގައި ތަރައްޤީކުރަމުންދާ ވޮލީ ކޯޓް އޮންނަނީ އިހަވަންދޫ ސްކޫލްގެ ޕްލޭ ގްރައުންޑްގެ އުތުރަށެވެ. އެބިމުގެ ވަށާފާރު ރާނާ ފެންސް ޖަހާފައިވާއިރު މިހާރު ކުރިޔަށްދަނީ ވޮލީ ކޯޓްގެ ބޭސް ތައްޔަރުކުރުމުގެ މަސައްކަތެވެ.

އިހަވަންދޫ ކައުންސިލުންވަނީ އިމަގު ޖަމިއްޔާއިން ތަރައްޤީ ކުރަމުންދާ ޒަމާނީ އައުޓްޑޯ ވޮލީ ކޯޓުގެ ވަށައި ފެންސް ޖެހުމަށް ބޭނުންވާ ތަކެތީގަތުމަށް 62920  ރުފިޔާގެ ފައިސާގެ އެހީތެރިކަންދީފައެވެ. އެކަމަށް އިމަގުން ކައުންސިލަށް ޝުކުރު އަދާކޮށްފައިވާއިރު، އިމަގުންވަނީ ވޮލީކޯޓްގެ ވަށައި ފެންސްގައި ފެންސްނެޓް ހަރުކޮށްދިނުމާއި ވޮލީ ކޯޓްގެ ވެލިގަނޑު ލެވެލްކުރުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓްގެ ހއ. އިހަވަންދޫ ސައިޓްގެ މުއައްޒަފުންގެ ފަރާތުންލިބެމުންދާ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށްވެސް ޝުކުރު އަދާކޮށްފައެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަލުން އަންނަނީ އިމަގު ޖަމިއްޔާއިން ތަރައްޤީކުރަމުންދާ ވޮލީ ކޯޓަކީ އެހެންފަރާތްތަކެއްގެ އިސްނެގުމަށް ކުރާ މަސައްކަތެއްކަމަށް ދައްކަން މަސައްކަތް ކުރަމުންނެވެ.