ހުޅުމާލޭ މަގެއްމަތިން ހިނގާފަ ދިޔަކުއްޖަކު ހިފަހައްޓާ ރޭޕުކޮށްފި

ޢަބުދުﷲ ޙަމީދު

ހުޅުމާލޭ މަގެއްމަތިން ހިނގާފަ ދިޔަކުއްޖަކު ހިފަހައްޓާ ރޭޕުކޮށްފައިވާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ޕޮލިސް މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 09:30 ހާއިރު، ހުޅުމާލޭގައި އުމުރުން 19 އަހަރުގެ އަންހެންކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގި މައްސަލައެއް ފުލުހުން ދަނީ ބަލަމުން ނެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ ހެނދުނުގެ 10:30 ހާއިރު ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި ޢަމަލު ހިންގާފައިވަނީ އެ އަންހެންކުއްޖާ ވަޒީފާ އަދާކުރާ އޮފީހަށް ދިޔަ މަގުމަތީގައި ގަދަކަމުން ހިފަހައްޓާ ހުޅުމާލޭގެ ރީތިގަސް މަގާއި ދިމާލު ހުޅަނގު ފަރާތުގައި ހުރި ގަސްތަކެއްގެ ތެރޭގައި ކަމަށް ފުލުހުން ހާމަކުރެއެވެ.

މިކަމާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަކަށް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.