ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތް ފަށައިފި

މުޙައްމަދު އަކުރަމް

ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގެ ކިޔެވުން ފަށައިފިއެވެ. އިހަވަންދޫ މަދަރުސާގެ ވަގުތީ ހޯލްގައި ކުރިޔަށްދާ މިމުބާރާތުގެ ކިޔެވުން ފަށާފައިވަނީއިއްޔައެވެ.

ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް ހއ. އިހަވަންދޫގައި އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މިމުބާރާތް ކުރިޔަށް ދާނީ މިރެއާ ހަމަޔަށެވެ.

މިމުބާރާތުގެ 1 ވަނަ އަށް ހޮވޭ ފަރާތަކަށް ބެލެނިވެރިޔަކާއިއެކު އުމުރާ ދަތުރެއްވަނީ ހުށަހަޅާފައެވެ. ޕޯލްސްޓަރ އިން އެންމެ ފަހުން ބޭއްވި އެކުލަބުގެ 21 ވަނަ ޤުރުއާން މުބާރާތުގެ 1 ވަނަ އަށް ހޮވިފައި ވަނީ  އަޒާ އިބްރާހިމް އަސްލަމްއެވެ.

މިއީ އިހަވަންދޫގައި މެދުނުކެނޑި ކުރިޔަށްދާތާ އެންމެ ގިނަދުވަސްވީ ޤުރުއާން މުބާރާތެވެ.