Banner Image Description

44 ވަނަ ޤައުމީ އަންހެން ވޮލީ މުބާރާތް ފައްޓަވައިދެއްވައިފި

މުޙައްމަދު އިމްރާން

44 ވަނަ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ ބާއްވައިފިއެވެ. ހއ.އިހަވަންދޫ ހުރަވީދަނޑުގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ، ހއ އަތޮޅު ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.

މިރޭގެ މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދަވަމުން، ކައުންސިލާރ މުޙައްމަދު ރަޝީދު ދެއްކެވި ވާހަކަ ފުޅުގައި، ހއ.އިހަވަންދޫގައި މިމުބާރާތް ބޭއްވިގެންދާކަމީ، ވަރަށްވެސް އުފާކުރާ ކަމެއްކަމަށާއި، މިކަމުގައި ކުލަބު ޕޯލްސްޓާރ ދައްކައިދިން ހިތްވަރަށް ސާބަސް ރައްދުކުރެއްވިއެވެ. އަދި އިހަވަންދޫގައި މިފަދަ މުބާރާތެއް ބާއްވާގޮތަށް ހަމަޖެއްސެވީތީ، ވޮލީބޯޅަ އެސޯސިއޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ.

44 ވަނަ ޤައިމީ އަންހެން ވޮލީބޯޅަ މުބާރާތް، ފެށިފާވަނީ، މިއަދު ހަވީރު 4:00 ގައެވެ. މިއަދު ހަވީރުއޮތް މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ، ވޭތުވެ ދިޔަ ފަސް އަހަރުގެވެސް ގިނަމުބާރާތްތަކެއްގެ ޗެމްޕިޔަން ޕޮލިސްކުލަބާއި، ހދ. ނޮޅިވަރަމް ކުލަބު ހުވާސް އެވެ. މިމެޗް ސީދާ 3 ސެޓުން ކާމިޔާބުކޮށްފާ ވަނީ ޕޮލިސްކުލަބެވެ.

މިރޭގެ މިރަސްމިއްޔާތު ފެށިގެން ގޮސްފައިވަނީ ކުލަބު ޕޯލްސްޓާރ އާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިޔޯ ޕްރެޒެންޓޭޝަނަކުންނެވެ. އެއަށް ފަހު ޝަރަފުވެރި މެހެމާނު މިމުބާރާތް ހުޅުވައިދެއްވިއެވެ.

މިމުބާރާތުގެ މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ، އިހަވަންދޫ މަސްވެރިންގެ ގުޅުން އިމަގުގެ ޓީމަކާއި، ހދ ފިނޭ ވޮލީޓީމެކެވެ. މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ހއ މުރައިދޫ އެކުވެރިންގެ ރޫޙުގެ ޓީމަކާއި، ހއ.ވަށަފަރު ވިދާ ޖަމްޢިއްޔާގެ ޓީމެކެވެ.