ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް

.

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ބައިވެރިވެފަވަނީ 9 ޓީމެކެވެ. މިއީ މިމުބާރާތުގު ފުރަތަމަ އެޑިޝަން ކަމަށްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2023 ގައި ބައިވެރިވި 10 ޓީމަށްވުރެ 1 ޓީމް މަދު އަދަދެކެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވީ ކުޅިމަގު ފަސްގަނޑު، ޓީމް މޮޅަދޫ، ޔުނައިޓެޑް ޔޫތް، އެންވީކޭ، އެފްސީ ބޮޑު މަގު، ކުޅި މަގު، ސެންސިޓީ، ޓީމް ނައިވާދޫ އަދި މަނަފަރު އެފްސީއެވެ. މީގެ ތެރެއިން މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކަކީ އެންވީކޭ، ޔުނައިޓެޑް ޔޫތް، ޓީމް ނައިވާދޫ، އެފްސީ ބޮޑުމަގު، ކުޅިމަގު، ސެންސިޓީ އަދި ޖޭއޭ މަނަފަރެވެ.

މިއަހަރުގެ މުބާރާތްވެސް ކުޅެން ހަމަޖެހިފައިވަނީ މިދިޔައަހަރުގެ މުބާރާތާއި އެއްގޮތަށް ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެހެންކަމުން އެއް ގްރޫޕެއްގައި 5 ޓީމް ހިމެނޭއިރު އަނެއް ގްރޫޕްގައި ހިމެނޭނީ 4 ޓީމެވެ.

މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ކުރިޔަށްދާނީ މިމަހުގެ 10 އިން މިމަހުގެ 19 އަށެވެ. މިމުބާރާތުގެ ގުރުނެގުން އޮންނާނީ މާދަމާރެއެވެ.