ފުޓްސަލް ދަނޑުގެ މަސައްކަތް މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިހަވަންދޫގައި ގާއިމްކުރަން ހަމަޖެހިފައިވާ ފުޓްސެލް ދަނޑުގެ މަސައްކަތް މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 1.273 މިލިއަން ރުފިޔާގެ އަގަކަށް 45 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މޯލްޑިވްސް އެޝުއަރ ސަޕްލައި އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތައް ތަރައްޤީ ކޮށްފައިވާ އެކަމުގެ ތަޖުރިބާހުރި ކުންފުންޏެކެވެ. އެކުންފުނިންވަނީ ބާރަށް، ބިލެއްފަހި، އޭދަފުށި، ހުޅުމާލެ، މާފުށި، ހިތަދޫ އަދި ތިނަދޫ ފަދަ ރަށްރަށުގައި ޒަމާނީ ފުޓްސަލް ދަނޑުތަކާއި ވޮލީ ކޯޓްތައް ތަރައްޤީ ކޮށްފައެވެ.

އިހަވަންދޫ ކައުންސިލުން ތަރައްޤީކުރާ ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒު އިމާރާތްކުރުމަށް ކުރިން ހާއްސަކުރި ބިމުގައެވެ.