ދެވަނަ ފަހަރަށް ވޯޓް ލުމުންވެސް ކުރިހޯދީ ޝިފާއު

.

02 އޮގަސްޓް 2024 ގައި ބޭއްވުނު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ހުސްވެފައިވާ މަޤާމްތަކުގެ ބައި އިލްކްޝަނުގައި، އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމުގެ ވޯޓް މޮޅަދޫގައި ބެހެއްޓީ ވޯޓް ފޮށީގެ ނަތީޖާ ބާތިލްކޮށް އަލުން ވޯޓް ނެގުމުންވެސް ޝިފާއު އިންތިހާބު ކާމިޔާބުކޮށްފިއެވެ.

02 އޮގަސްޓް 2024 ގައި ބޭއްވުން ޤައުމީ މަޖިލިސް އިންތިޚާބުގައި ހއ. އިހަވަންދޫ ދާއިރާގެ، ހއ. މޮޅަދޫ ފޮށީގޭ ވޯޓާއި ގުޅޭ ޝަކުވާތައް، ޝަކުވާ ހުށަހަޅާ ކޮމިޓީން ބެލުމަށްފަހު ދީފައިވާ ލަފައަށް އިންތިޚާބާ ބެހޭ ކޮމިޓީން ރިއާޔަތް ކުރުމަށްފަހު އިންތިޚާބާ ބެހޭ ކޮމިޓީން ވަނީ އެ ފޮށީގެ ވޯޓު އަލުން ނަގައިފައެވެ. އަލުން ވޯޓް ނަގާފައިވަނީ އިއްޔައެވެ.

02 އޮގަސްޓް ގައި ނެގި ވޯޓުން މޮޅަދޫގައި ބެހެއްޓި ވޯޓް ފޮށިން އާރިފްއަށް 4 ވޯޓް ލިބުނުއިރު ޝިފާއުވަނީ 49 ވޯޓް ހޯދާފައެވެ. އަދި 2 ވޯޓް ވަނީ ބާތިލްވެފައެވެ. އިއްޔަ ނެގި ވޯޓުން އާރިފްއަށް ލިބިފައިވަނީ 01 ވޯޓެވެ. ޝިފާއު 52 ވޯޓް ހޯދިއިރު އެއްވެސް ވޯޓެއް ބާތިލެއްނުވެއެވެ.

އިއްޔަގެ ވޯޓަށްފަހު އެމްޑީޕީއިން އިޢުލާންކޮށްފައިވާ ވަގުތީ ނަތީޖާ:
މުޙައްމަދު އާރިފް، ނެދުންގެ/ ހއ. އިހަވަންދޫ – 141ވޯޓު
މުޙައްމަދު ޝިފާޢު، ބުލްބުލާގެ/ ހއ. އިހަވަންދޫ – 188ވޯޓު
ޞައްހަ ވޯޓު 329
ބާޠިލް ވޯޓު 3
ޖުމްލަ ވޯޓު 332