އިމަގު މެރެނާ ކަޕްގެ ފައިނަލް މިރޭ

.

އިމަގު މެރެނާ ކަޕް 2024 ވިމެންސް އެޑިޝަންގެ ފައިނަލް މެޗް މިރޭ ކުޅޭނެއެވެ. 4 ޓީމެއް ބައިވެރިވެފައިވާ މިމުބާރާތުގެ ފައިނަލްގައި ވާދަކުރާނީ އެފްސީ ބޮޑުމަގު އަދި ސެންސިޓީއެވެ. މިއީ އިމަގު އައުޓްޑޯރ ވޮލީ އެރީނާގައި ކުޅެވޭ ފުރަތަމަ ވޮލީ ބޯޅަ މުބާރާތްކަން ފާހަގަކުރެވެރެވެއެވެ.

މިމުބާރާތުގެ ފައިނަލަށް އެފްސީ ބޮޑުމަގު ދަތުރުކުރީ، ލީގުއުސޫލުން ކުޅުނު ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެ ފައިނަލުން ސީދާ ޖާގައެއް ކަށަވަރުކޮށްގެންނެވެ. ލީގުއުސޫލުން ކުޅުނު ގްރޫޕް ސްޓޭޖްގެ ދެވަނަ ހޯދި ސެންސިޓީ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ 3 ވަނަ ހޯދި އެންވީކޭ ސެމީފައިނަލްގައި ބަލިކޮށްގެންނެވެ. އިމަގު އައުޓްޑޯ ވޮލީ އެރީނާގައިކެޅޭ، މިރޭގެ ފައިނަލް މެޗް ފަށާނީ މިރޭ 20:30 ގައެވެ.

މިމުބާރާތުގައި ވާދަކުރީ، އެފްސީ ބޮޑުމަގު، ސެންސިޓީ، ކްލަބް އިރަމާ އަދި އެންވީކޭއެވެ. މިރޭގެ މެޗް އިމަގު ފޭސްބުކް ޕޭޖްއިން ލައިވް ކުރާނެއެވެ.