ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – އިރަމާ ސެމީ ފައިނަލަށް

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2024، ގެ ސެމީފައިނަލަށް  ކްލަބް އިރަމާ  ދަތުރުކޮށްފިއެވެ.

އިރަމާ މިމުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅުނު ފަހު މެޗްގައި މިއަދު ހަވީރު ޔުނައިޓެޑް ޔޫތްގެ މައްޗަށް 3-1 ސެޓް އިން ކުރި ހޯދައިގެންނެވެ. މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިރަމާގެ ޖާޒީނަންބަރު 12 އަލީ ހުޒާމްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅޭއިރު، އެންމެ ގިނައިން ޕޮއިން ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރު ވާނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވާނީ ގްރޫޕް ސްޓޭޖުން 2 ވަނަ އަދި 3 ވަނަ ހޯދާ ޓީމްގެ މެޗްގެ ކުޅޭ ސެމީފައިނަލްއިން މޮޅުވާ ޓީމަށެވެ.

ކްލަބް އިރަމާއަށް ސެމީ ފައިނަލުން ޖާގައެއް ކަށަވަރުވީ ގްރޫޕް ސްޓޭޖްގެ 3 ވަނަ ހޯދައިގެންނެވެ. މާދަމާ ރޭ ކުޅޭ ސެމީ ފައިނަލްގެ މެޗްގައި އިރަމާއާ ދެކޮޅަށް ނުކުންނާނީ، މިރޭ ޖަންގަލް އަދި ކުޅިމަގު ބައްދަލުކުރާ މެޗުން ބަލިވާ ޓީމެކެވެ.
މިމަހުގެ 12 އިން 17 އަށް  ކުރިޔަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ  ޔުނައިޓެޑް ޔޫތް، ކުޅިމަގު، ކުލަބް އިރަމާ އަދި ޖަންގަލްއެވެ.