އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024، މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ތާވަލް ކޮށްފިއެވެ.
އިހަވަންދޫގައި ކުޅިވަރުގެ ރޫހް ދިރުވާ އާލާކުރުމާއި، އިހަވަންދޫގައި ހުނަރުވެރި އަންހެން ވޮލީ ކުޅުންތެރިން އުފެއްދުމާއި، ރަށުގެ ޒުވާނުންނަކީ ސުއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމު ކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ މިމުބާރާތުގައި 4 ޓީމެއް ބައިވެރިވެއެވެ. އެއީ އެފްސީ ބޮޑުމަގު، ސެންސިޓީ، ކުޑަކަތީބު މަގު އަދި ހޯރަފުށީ ޑަބުލިއު.ޑީ.ސީއެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.