އިހަވަންދޫއަށް 1 މެގަ ވޯޓުގެ ޖަނަރޭޓަރެއް ގެނެސްފި

.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ  ހއ. އިހަވަންދޫ ބުރާންޗްގެ ހިދުމަތް ރަނގަޅުކުރުމަށް 1 މެގަ ވޯޓުގެ ޖަނަރޭޓަރެއް ގެނެސްފިއެވެ.

މިހާރު ކުރިޔަށްދަނީ އިއްޔަގެ ވަގުތެއްގައި އިހަވަންދޫއަށް ގެނެސްފައިވާ، އެޖަނަރޭޓަރު އިންޖީނުގެއަށް  ވައްދައި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. އަލައް ގެނެވުނު ޖަނަރޭޓަރާއިއެކު ފެނަކައިން އިހަވަންދޫގައި ދެމުންއަންނަ ކަރަންޓްގެ ހިދުމަތަށް އިތުރުފުރިހަމަކަމެއް ލިބިގެން ދާނެކަމަށް ފެނަކައިގެ އޮފިޝަލެއް މައުލޫމާތު ދެއްވިއެވެ. ފަހަކަށް އައިސް އެކިއެކި މައްސަލަތައް ދިމާވެ ރަށުގެ އެކި ސަރަހައްދު ތަކުން ކަރަންޓް ކަނޑަންޖެހޭ ވަރުއަންނަނީ އިތުރުވަމުންނެވެ.

2020 ވަނަ އަހަރުވެސް އިހަވަންދޫއަށް 1 މެގަ ވޯޓްގެ ޖަނަރޭޓަރެއް ގެނެސްފައިވެއެވެ.