Banner Image Description

ޛުލްޙިއްޖާމަހުގެ ދިހަދުވަހުގެ މާތްކަމާބެހޭގޮތުން ވާރިދުވެފައިވާ ބައެއް ޙަދީޘްތައް

އައްޝައިޚު މުޙައްމަދު ޝާފިޢު

1- އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

“مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيْهِنَّ أَحَبُّ إِلىَ اللهِ مِنْهُ فِي هَذِهِ الأَياَّمِ الْعَشْرِ . قاَلُوا وَلاَ الجِْهَادُ فِي سَبِيْلِ اللهِ !! قاَلَ : وَلاَ الجِْهَادُ فِي سَبِيْلِ اللهِ ، إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ وَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ” [إرواء الغليل 4/110]
މާނައީ: “އެދުވަސްތަކެއްގައި ހެޔޮ ޢަމަލު ކުޅައުން ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްވަރަކީ މި ދިހަ ދުވަހެވެ.” ޞަހާބީން ދެންނެވިއެވެ. “ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވެރެންވެސް އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް މާތްވެގެންވޭ ތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މާތްވެގެންވެއެވެ. އެއީ މީހަކު އޭނާގެ ޖާނާއި މުދަލާއެކުގައި ނުކުމެ ﷲ ގެ މަގުގައި އެތަކެތި އެކުގައި ހޭދަކޮށްލައިފި މީހަކު ފިޔަވައެވެ.” (ترجمة: الشيخ حسن موسى فكري)
2 – އަދިވެސް އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ ރިވާކުރައްވާފައިވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. مَا مِنْ عَمَلٍ أَزْكَى عِنْدَ اللَّهِ عَزَّ وَجَلَّ وَلَا أَعْظَمَ أَجْرًا مِنْ خَيْرٍ تَعْمَلُهُ فِي عَشْرِ الْأَضْحَى قِيلَ وَلَا الْجِهَادُ فِي سَبِيلِ اللَّهِ عَزَّ وَجَلَّ قَالَ وَلَا الْجِهَادُ فِي سَبِيلِ اللَّهِ عَزَّ وَجَلَّ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ
“رواه الدارمي1/ 357 وإسناده حسن كما في الإرواء 3/398.”
“ﷲ ގެ ޙަޟުރަތުގައި މާތްކަންބޮޑު އަދި ކުރާ ހެޔޮ ޢަމަލުތަކަށް ގިނަގުނަ އަޖުރު ލިބޭ ދުވަސްތަކެއް އަޟްޙާގެ ދިހަދުވަހަށްވުރެ، ކުރާ ޢަމަލުތަކަށްވުރެ ހެޔޮކަން ބޮޑު ދުވަސްތަކެއް ނުވެއެވެ.” ސުވާލުކުރެވުނެވެ. “ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވެރެންވެސް އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް މާތްވެގެންވޭ ތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މާތްވެގެންވެއެވެ. އެއީ މީހަކު އޭނާގެ ޖާނާއި މުދަލާއެކުގައި ނުކުމެ ﷲ ގެ މަގުގައި އެތަކެތި އެކުގައި ހޭދަކޮށްލައިފި މީހަކު ފިޔަވައެވެ.” (ترجمة: الشيخ حسن موسى فكري)
3- ޢަބްދު ﷲ ބުނު ޢުމަރު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ماَ مِنْ أَياَّمٍ أَعْظَمُ عِنْدَ اللهِ وَلاَ أَحَبُّ إِلَيْهِ الْعَمَلُ فِيْهِنَّ مِنْ هَذِهِ الأَياَّمِ الْعَشْرِ فَأَكْثِرُوا فِيْهِنَّ مِنَ التَّهْلِيْلِ وَالتَّكْبِيْرِ وَالتِّحْمِيْدِ”
أخرجه احمد 7/224 وصحّح إسناده أحمد شاكر.
މާނައީ: “މިދިހަ ދުވަހަށްވުރެ ﷲ ގެ ޙަޟުރަތުގައި މަތިވެރިންކަން ބޮޑުވެގެންވާ އަދި ހެޔޮ ޢަމަލު ކުޅުން އެކަލާނގެ ޙަޟުރަތުގައި ލޮބުވެތިވެގެންވާ ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހުލީލު ތަކްބީރު ތަޙްމީދު ކިޔުން ގިނަކުރާށެވެ.” (ترجمة: الشيخ حسن موسى فكري)
4- މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙައްޖު މަހުގެ ނުވަވަނަ ދުވަހު ރޯދައަށް ހުންނެވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލެއްގެ އަރިހުން ރިވާވެގެންވެއެވެ. كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ تِسْعَ ذِي الْحِجَّةِ “
أخرجه النسائي 4/205 وأبو داود وصححه الألباني في صحيح أبي داود 2/462
މާނައީ: “މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙައްޖު މަހުގެ ނުވަވަނަ ދުވަހު ރޯދައަށް ހުންނަވައެވެ.” (ترجمة: الشيخ حسن موسى فكري)
5- ޞަޙީޙް މުސްލިމުގައި އައްނަބިއްޔު ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިކަމަށް ޢާއިޝަތު ރަޟިޔަﷲ އަންހާ ރިވާކުރެއްވިއެވެ. ” مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِن النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمْ الْمَلَائِكَةَ فَيَقُولُ مَا أَرَادَ هَؤُلَاءِ ؟….” މާނަ:” ޢަރަފާތްދުވަހު މިންޖުކުރައްވާ ވަރަށްވުރެ ގިނައިން ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުން ނަރަކައިން މިންޖު ކުރައްވާ ދުވަހެއް ނުވެއެވެ. އެކަލާނގެ އެދުވަހު ކުއްތަންވެވޮޑިގަންނަވައި ދެން ތިޔަބައިމީހުންގެ ސަބަބުން މަލާއިކަތްބޭކަލުންގެ އަރިހުގައި ފަޚްރުވެވޮޑިގަންނަވާނެއެވެ. ފަހެ އެކަލާނގެ ވަޙީ ކުރައްވާނެއެވެ. މި ބައިމީހުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟” (ترجمة: محمد شافع)