Banner Image Description

މުނާފިޤުންގެ ޙިޖާބު

އައްޝައިޚު މުޙައްމަދު ޝާފިޢު

ޙިޖާބުވުމުގައި ޒީނަތްތެރިކަން ފާޅުކުރުމަކީ ނިފާޤުކަމުގެ ތެރެއިންވާ ކަމެކެވެ. އެކަން ދަލީލުން ޘާބިތު ވެއެވެ. އެއީ ޢަމަލީ ނިފާޤުގެ ވައްތަރެކެވެ.

عن أبي أذينة الصدفي أن رسول الله صلى الله عليه وسلم قال : خيرُ نسائِكمُ الوَدودُ الوَلودُ المُواتِيَةُ المُواسِيَةُ إذا اتقَيْنَ اللهَ وشرُّ نسائِكمُ المُتَبَرِّجاتُ المُختالاتُ وهن المُنافِقاتُ لا يدخُلُ الجنةَ منهن إلا مِثلُ الغُرابِ الأعصَمِ- أخرج البيهقي في ” السنن الكبرى ” (13478)  وصححه الألباني في “صحيح الجامع الصغير ” برقم : (3330) , وفي ” السلسلة الصحيحة ” برقم: (1849).

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ރަނގަޅު އަންހެނުންނަކީ ބޮޑަށް ލޯބިވާ، ގިނައިން ދަރީން ވިހާ، ފިރީން ރުއްސާ ފިރީން ބުނާގޮތް ހަދާ، ފިރީންނަށް އެހީތެރިވާ އަންހެނުންނެވެ. އެއީ އެކަންކަން ކުރުމާއެކު އެކަނބަލުން ﷲ އަށް ބިރުވެތިވާނަމައެވެ. އަދި ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ނުބައި އަންހެނުންނަކީ ޒީނަތްތެރިކަން ފާޅުކުރާ (ޙިޖާބުވާންވީ ގޮތަށް ޙިޖާބުނުވާ) އަދި ބޮޑާ އަންހެނުންނެވެ. އެއީ މުނާފިޤުންނެވެ. އެކަނބަލުންގެ ތެރެއިން ސުވަރުގެ ނުވަންނާނެއެވެ. ފައި ހުދުކާޅު ފަދައިން މެނުވީއެވެ.” (ޔަޢުނީ އެކަނބަލުންގެ ތެރެއިން ކަނބަލަކު ސުވަރުގެ ވަނުމަކީ ފައިހުދުކާޅެއް ފެނުންފަދަ ނާދިރު ކަމެކެވެ.)