އިހަވަންދޫގެ ދެ އަވަށް ކަމަށްވާ ހުޅަނގު މަތީއަވަށާއި އިރުމަތީ އަވަށުގެ ދެމެދުގައި މިއަދު ކުޅުނު ފުޓްބޯޅަ މެޗުން އިރުމަތީ އަވަށް މޮޅުވެއްޖެއެވެ.
މިމެޗުން އިރުމަތީ އަވަށް މޮޅުވީ 4-0 ގެ ނަތީޖާ އަކުންނެވެ. މިމެޗްގައި އިރުމަތީ އަވަށު ޓީމްގެ ޔަނާލް ދެ ގޯލް ޖެހިއިރު، ޒަޔާން އަދި މާހިލް ގޯލެއް ޖެހިއެވެ. މިމެޗްގައި ހުޅަނގު އަވަށު ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކެޕްޓަން މުހައްމަދު ފަޒީލްއެވެ. އިރުމަތީއަވަށު ޓީމްގެ ކެޕްޓަނަކީ ޤާދިރުއެވެ.
މިމެޗަކީ އިހަވަންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، އިހަވަންދޫ ކައުންސިލް އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށްގެންދިޔަ މެޗެކެވެ.
އިހަވަންދޫ އިރުމަތީ އަވަށާއި ހުޅަނގު އަވަށަކީ ކުޅިވަރުގައި ކުރިން ވަރަށް ވާދަވެރި ދެ އަވަށެވެ. ދެ އަވަށުގެ މެޗުގައި ކުޅެވޭ މެޗްތައް ފޯރިގަދަވެ ބައެއް ފަހަރު ވަރަށްބޮޑަށް ހޫނުވެގެންވެސް ދެއެވެ.