އެމްއައިބީގެ ޑޮލަރު ލިމިޓް ބައެއް ސައިޓްތަކަށް ކަނޑާލައި މަހަކަށް 10 ޓްރާންސެކްޝަނަށް ލިމިޓްކޮށްފި!

ޒިޔާޢު އަހްމަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދޫކޮށްފައިވާ ރުފިޔާ ވިސާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭ ޑޮލަރު ލިމިޓް ބޭނުންކުރުމުގައި ބޮޑެތި ހަރުކަށި ބަދަލުތަކެއް ގެނެސްފިއެވެ.

އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްއައިބީއަށް މަހު މުސާރަ ޖަމާކުރާ ފަރާތްތަކަށް ރުފިޔާ ކާޑުން މަހަކު ދެމުން އައި 250 ޑޮލަރުގެ ލިމިޓް ބޭނުންކުރުމުގައި އާ އުސޫލުތަކަކަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، އޮންލައިންކޮށް ވިޔަފާރިކުރާ (އީކޮމާސް) ސައިޓްތަކުން މަހެއްގެ މައްޗަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށް ކަނޑައެޅުމެވެ އަދި ބައެއް ސައިޓްތައް ބްލޮކް ކުރުމެވެ.

އެމްއައިބީން ހާމަކުރި ގޮތުގައި ރުފިޔާ ކާޑަށް ދޫކުރާ 250 ޑޮލަރުގެ ލިމިޓަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ހާއްސަކޮށްގެން ދޫކުރަމުންދާ ލިމިޓެކެވެ. ނަމަވެސް، ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބައެއް ކަސްޓަމަރުން މި ލިމިޓް ޒަރޫރީ ނޫން އެހެން ބޭނުންތަކަށް ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

އެމްއައިބީން މި ފިޔަވަޅު މި އެޅީ، ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންވެސް ކަސްޓަމަރުންނަށް ޑޮލަރު ދޫކުރުމާއި ކާޑުތަކުގެ ޑޮލަރު ލިމިޓްތައް ވަރަށް ބޮޑަށް ހަރުކަށިކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއީ ރާއްޖޭގެ ބޭންކިންގް ނިޒާމަށް ކުރިމަތިވެފައިވާ ޑޮލަރު ތާށިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ބޭންކްތަކުން އަޅަމުންދާ ކޮންޓްރޯލް ފިޔަވަޅުތަކެކެވެ.

އެހެންކަމުން، މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ހަގީގީ ޒަރޫރީ ބޭނުންތައް ހުންނަ ކަސްޓަމަރުންނަށް އިސްކަންދިނުމުގެ ގޮތުން، ބައެއް ކަހަލަ ވިޔަފާރި ސައިޓްތަކުން މި ލިމިޓް ބޭނުންނުކުރެވޭ ގޮތަށް މިހާރު ވަނީ ބްލޮކް ފިޔަވަޅުތަކެއް އަޅާފައެވެ.