ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ކުރިޔަށްގެންދާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ގެ ސެމީ ފައިނަލް މެޗްތައް މިރޭ ކުޅޭނެއެވެ. އިހަވަންދޫ ޣާޒީ ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް ފަށާނީ މިރޭ 20:30 ގައެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ޓީމް އެންވީކޭ އަދި ގްރޫޕް ބީ ގެ ދެވަނަ ޓީމް ކުޅިމަގެވެ. އެމެޗްގެ 20:30 ގައި ފަށާއިރު ސެމީ ފައިނަލްގެ ދެވަނަ މެޗް ފަށާނީ 21:30 ގައެވެ. ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީ ގެ އެއްވަނަ ހޯދައިގެން ސެމީ ފަނަލަށް ދަތުރުކުރި ޓީމް ނައިވާދޫ އަދި ގްރޫޕް އޭ ގެ ދެވަނަ ހޯދި އެފްސީ ބޮޑުމަގެވެ.
މޫސުން ރަނގަޅުނަމަ މިރޭގެ މެޗް ތައްވެސް އިހަވަންދޫ.ކޮމް ގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުން ލައިވް ކުރާނެއެވެ.