މިއަހަރު މިއަތޮޅަށް ހުޅުވާލައިގެން، ބޮޑުކޮށް މަދަހަ މުބާރާތެއް ބާއްވަން ގަސްތުކުރާކަމަށް، އިހަވަންދޫ ދާއިރާގެ ކުރީގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބުދުﷲ މުހައްމާ ވިދާޅުވެއްޖެއެވެ. (މުހައްމާ) މިހެން ވިދާޅުވީ، ބިއުޓިފުލް ބްލޫ މައިކަޕް 2024 މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މުހައްމާ ވިދާޅުވީ، އެބޭފުޅާ އިހަވަންދޫގައި ގިނަ މުބާރާތްތަކެއް ބާއްވާ ހިތްވާކަމުގައެވެ. “ފުޓްބޯޅަ އެކަންޏެއް ނޫން، އެހެނިހެން މުބާރާތްތަކަކީވެސް. އަޅުގަނޑު މިރަށުގަ ހަމަ ވަރަށް ބާއްވާހިތްވާ މުބާރާތްތަކެއް.” މުހައްމާ ވާހަކަ ކުރިޔަށް ގެންދެވިއެވެ. މުހައްމާ ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމަށްޓަކައި ތަފާތު މުބާރާތްތައް ބޭއްވުމުގެ ޝައުގުވެރިކަން އެބޭފުޅާގެ އެބަހުންނެވިކަމުގައެވެ. 2025 ވަނަ އަހަރު ބާއްވާ މައިކަޕް މުބާރާތް، މިއަށްވުރެ ފުރިހަމަވެގެންދާނެކަމުގެ ޔަޤީންކަން މުހައްމާ ދެއްވިއެވެ.
މައިކަޕް ފުޓް ބޯޅަ މުބާރާތުގެ ބާނީއަކީ މުހައްމާއެވެ. 2007 ވަނަ އަހަރު ބާއްވަންފެށި އެމުބާރާތުގެ 14 މުބާރާތެއް މިހާތަނަށް ބާއްވާފައިވާއިރު، އެއީ މިސަރަހައްދުގައި ބާއްވާ އެންމެ ބޮޑު މުބާރާތްކަން ފާހަގަކުރެވެއެވެ.