ހއ. ހޯރަފުށީ ހަހެތި ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން ބޭއްވި “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025” ގެ ޗެމްޕިއަންކަން ހއ. މޮޅަދޫ ޔަންގް ބްލައިޑް އިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ޔަންގް ބްލަޑް އިން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗްގައި، ހޯރަފުށި 22 ސްޕޯޓްގެ މައްޗަށް 6-3 އިން ކުރި ހޯދައިގެންނެވެ.
4 ރަށަކުން ޖުމްލަ 6 ޓީމެއް ވާދަކުރި މިމުބާރާތުގެ ޗެމްޕިއަންކަން ޔަންގް ބްލަޑް ހޯދީ އެޓީމް މިމުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިއީ މިއީ މޮޅަދޫ ޓީމެއް އެރަށުން ބޭރުގައި ބޭއްވި މިފަދަ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މިއަހަރުގެ މުބާރާތުގައި ހޯރަފުށި، ދިއްދޫ، އިހަވަންދޫ އަދި މޮޅަދޫއިން ޓީމްތައް ބައިވެރިވިއެވެ. ދިއްދޫ އިން ބާރަލާ ސްޕޯރޓްސް، އިހަވަންދޫއިން އެންވީކޭ، މޮޅަދޫއިން ޔަންގް ބްލަޑް އަދި ހޯރަފުށީ 3 ޓީމް ކަމަށްވާ 22 ސްޕޯޓްސް ކްލަބް، ފްރިގޭޓަރ އަދި ޓީމް ހިޔާ މިމުބާރާތުގައި ބައިވެރިވިއެވެ. މިދިޔަ އަހަރު މިމުބާރާތުގެ ޗެމްޕިއަން އިހަވަންދޫ އެންވީކޭ، އެޓީމް ކުޅެންޖެހޭ އެއްވެސް މެޗަކަށް ހާޒިރުވެފައިނުވާތީ އެޓީމް މިމުބާރާތުން ކެޓީއެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމް ކަމަށްވާ ޔަންގް ބްލަޑަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.