ފިނޭންސް މިނިސްޓްރީގެ ނިންމުމަކާ ގުޅިގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ބާއްވާނެ ރަށެއް ހޯދުމުގެ އިއުލާން ބާތިލްކޮށްފި!

މުޙައްމަދު އަކުރަމް

ފިނޭންސް މިނިސްޓްރީއަށް ނުފެންނާތީ “ތިލައުތުރު ފުޓްސަލް މުބާރާތް” ހޯސްޓްކުރާނެ ރަށެއް ހޯދުމަށް ތިލަދުންމަތީ އުތުރުބުރީ (ހއ.) އަތޮޅު ކައުންސިލުން ކުރި އިއުލާން ބާތިލްކޮށްފިއެވެ.

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރުމަށް ޝައުގުވެރިވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހއ. އަތޮޅު ކައުންސިލުން ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް، އަތޮޅު ކައުންސިލުން އެދިފައިވާ  ހަރަކާތް މިވަގުތު ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް،  މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ އަތޮޅު ކައުންސިލަށް އަންގާފައެވެ. އެ މިނިސްޓްރީގެ އެންގުމާ ގުޅިގެން ކައުންސިލުން މިހާރު ވަނީ އެ އިއުލާން ބާތިލްކޮށްފައެވެ.

ހއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަހްމަދު ސޮބާހް ވިދާޅުވި ގޮތުގައި، އެމުބާރާތް ބޭއްވުމަށް އަތޮޅު ކައުންސިލުން މަސައްކަތްކުރީ މިއަހަރުގެ އޭޕްރީލް މަސް ތެރޭގައެވެ.

ތިލައުތުރު ފުޓްސަލް މުބާރާތަކީ ހއ. އަތޮޅުގެ ރަށްތަކުގެ މެދުގައި ވަރަށް ފޯރިއާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިހާތަނަށް މި މުބާރާތް ހަތަރު ފަހަރެއްގެ މަތިން ބާއްވާފައިވާއިރު، މިއީ އެ އަތޮޅުގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު މުބާރާތެކެވެ. މި މުބާރާތުގެ ތާރީޚަށް ބަލާއިރު، އެންމެ ކާމިޔާބު ޓީމަކީ ހއ. އުތީމެވެ. އެ ރަށުން ވަނީ ދެ ފަހަރެއްގެ މަތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.