ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގުރެސް (ޕީއެންސީ) ޓިކެޓްގައި، ކުރިޔަށްއޮތް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށުގައި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް ވާދަކުރާ އާމިނަތު ނުޒުހަތު ފަހަތަށްޖެހި، އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަގޮތުން ވާދަކުރާ ޓީމަށް ތާއީދުކުރަން ނިންމައިފިއެވެ.
ނުޒުހަތު މިކަން ހާމަކޮށްފައިވަނީ ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައެވެ. ނުޒުހަތު ބުނެފައިވަނީ، އެނިންމުން ނިންމީ އޭނާގެ ދިރިއުޅުމުގެ ހާލަތު މިވަގުތު ހުރިގޮތުން ކަމުގައެވެ. ނުޒުހަތުގެ ބަޔާނުގައި، އޭނާޔަށް ތާއީދުކޮށް މަސައްކަތްކުރި ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވާއިރު، އަމިއްލަގޮތުން ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށްވެސް ވަނީ އެދިފައެވެ.
އިހަވަންދޫ ކައުންސިލަށް އެއްޓީމެއްގެ ގޮތުގައި އަމިއްލަގޮތުން ވާދަކުރާ ޓީމްގައި ހިމެނޭ ފަރާތްތަކަކީ:
ކައުންސިލް ރައީސްކަމަށް: އަހްމަދު ސޮބާހް
މެމްބަރުކަމަށް: މުހައްމަދު ފިރާޤު
މެމްބަރުކަމަށް: އަހްމަދު ރިޞްވާން
އަންހެން މެމްބަރުކަމަށް: ފާތިމަތު ސަޖުނާ
އަންހެން މެމްބަރުކަމަށް: އައިޝަތު ސަމާހަތު
އ.ތ.މ.ކ ގެ ރައީސާ ކަމަށް: ނަޝީދާ އަބުދުﷲ
އ.ތ.މ.ކ ގެ މެމްބަރު: ޠާހިރާ މުޙައްމަދު
އ.ތ.މ.ކ ގެ މެމްބަރު: ޙަލީމަތު ހުރާސަތު
އ.ތ.މ.ކ ގެ މެމްބަރު: މަޖުދާ މުހައްމަދު
އ.ތ.މ.ކ ގެ މެމްބަރު: ޢާއިޝަތު ރަޝީދާ