އެމްޑީޕީ ދޮންމަނިކު ޒުވާނުންގެ ހަރުގޭގެ ރޫހާނީ ލީޑަރު "ރައްޔިތުންގެ ޓީމާއި" ގުޅިއްޖެ!

.

އިހަވަންދޫ އެމްޑީޕީ ޒުވާނުންގެ ހަރުގޭގެ ރޫހާނީ ލީޑަރު، އަހްމަދު ނިޔާޒު (ދޮންމަނިކު) އާއިލާޔާއިއެކު، ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަގޮތުން އިހަވަންދޫ ކައުންސިލަށް އަދި ޑަބްލިޔު ޑީސީއަށް ވާދަކުރާ “ރައްޔިތުންގެ ޓީމާއި” ގުޅިއްޖެއެވެ.

ދޮންމަނިކު “ރައްޔިތުންގެ ޓީމާއި” ޓީމާއި ގުޅުނީ މިއަދު ހަވީރުއެވެ. ދޮންމަނިކާއި މިނޫހުގެ ފަރާތުން ސުވާލުކުރުމުން ބުނީ، އޭނާ “ރައްޔިތުންގެ ޓީމާއި” ގުޅުނީ އެޓީމަކީ މިހާރުވެސް ޤާބިލްކަން ދައްކަމުންދާ ޓީމަކަށްވެފައި، ޓީމްގެ ލީޑަރު އަހްމަދު ސޮބާހްގެ ޒައާމަތުގައި އިހަވަންދޫ ކައުންސިލުން ތަފާތު ނަތީޖާއެއްނެރެ އެކަން ދައްކުވައި ދީފައިވާތީއެވެ. ދޮންމަނިކު ބުނީ އޭނާ “ރައްޔިތުންގެ ޓީމާއި” ގުޅުނީ އާއިލާގެ 25 މެމްބަރުންނާއި އެކު ކަމުގައެވެ. ދޮންމަނިކު އިތުރަށް ބުނެފައިވަނީ މިއިންތިހާބު ރައްޔިތު ޓީމަށް ކާމިޔާބު ކޮށްދިނުމަށް ޓަކައި ދޮންމަނިކާއި ދޮންމަނިކުގެ އާއިލާ ކޮށްދެވެންހުރި މަސައްކަތް ކޮށްދޭނެ ކަމުގައެވެ.

ދޮންމަނިކު ޒުވާނުންގެ ހަރުގެއަކީ، އިހަވަންދޫގައި އެމްޑީޕީގެ ގިނައަދަދެއްގެ ޒުވާނުން އިސްސަފުގައި ނުކުމެ ސިޔާސީ މަސައްކަތް ކުރި ޕްލެޓް ފޯމެކެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފަންވި ޒުވާނުންގެ ހަރުގޭގައިވަނީ ތަފާތު ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންގޮހެވެ. އެގޮތުން ކަންމަތީ ޖަލްސާތަކާއި، ސިޔާސީ ކެއުން ތަކުގެ އިތުރުން އިންތިހާބުތަކަށް ތައްޔާރުވުމުގެ މަސައްކަތް ހިމެނެއެވެ. ޒުވާނުންގެ ހަރުގެ ހުންނަނީ ދޮންމަނިކުގެ އާއިލީގެ ކަމަށްވާ ސަމީނާ މަންޒިލްގައެވެ.

ކުރިޔަށް އޮތާގައިވެސް “ރައްޔިތުންގެ ޓީމާއި” ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން އަދި ސިޔާސީ އިސްފަރާތްތައް އެޓީމާއި ގުޅޭނެކަމަށް “ރައްޔިތުންގެ ޓީމުން” މައުލޫމާތު ދެއެވެ.