އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ފަސްވަނަ  ދައުރުގެ ނައިބް ރައީސްކަމުގެ މަޤާމަށް، އެމްޑީޕީގެ ޓިކެޓްގައި އިންތިހާބު ކާމިޔާބުކުރެއްވި މޫސާ އަލީ އިންތިހާބު ކޮށްފިއެވެ. ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް މޫސާ އަލީ އިންތިހާބުކުރީ މިއަދު ބޭއްވި، އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

ނައިބު ރައީސްގެ މަޤާމަށް ނަން ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ނަން ހުށަހެޅީ، މޫސާ އަލީގެ އިތުރުން މުހައްމަދު ފިރާގުއެވެ. މޫސާ އަލީ އިންތިހާބުވީ 3-2 ވޯޓް ގެ ނަތީޖާއަކުންނެވެ. އިހަވަންދޫ ކައުންސިލްގައި ތިއްބަވާ 5 ކައުންސިލަރުންގެ ތެރެއިން 3 ކައުންސިލަރުން އެމްޑީޕީއަށް ނިސްބަތްވާއިރު، ޕީޕީއެމް އަދި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ކައުންސިލަރެއް ތިއްބަވައެވެ.

އިހަވަންދޫ  އ.ތ.މ.ކ ގެ ނައިބް ރައީސާއަށް އިންތިހާބުކުރީ ސައުޖަތު އަހްމަދުއެވެ. އ.ތ.މ ކޮމިޓީގެ މިދައުރުގެ ފުރަތަމަ ޖަލްސާގައި ނައުބްރައީސާގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން ނަން ހުށަހެޅީ ސައުޖަތުގެ އިތުރުން ހުރާސަތުއެވެ. ސައުޖަތު އިންތިހާބުވީ 4-1 ވޯޓް އިންނެވެ. އިހަވަންދޫ އ.ތ.މ.ކ ގައި ތިއްބަވަނީ އެމްޑީޕީގެ 4 މެމްބަރުންނާއި ޕީއެންސީގެ 1 މެމްބަރެވެ.