މައި ކަޕް 2018: ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޖަންގަލް އަދި ކުލަބު އިރަމާ

އިބްރާހިމް ނަޝީދު

މައި ކަޕް 12 ވަނަ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ، އެންމެ ފަހުގެ ޗެމްޕިއަން ޖަންގަލް އަދި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ކުލަބު އިރަމާ ހޯދައިފިއެވެ.

ގުރޫޕް 1ގެ 1 ވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ހޯދި ޖަންގަލް ޓީމުން މުބާރާތުގެ ސެމީއަށް ދިޔައީ ގްރޫޕް 3ގެ 3 ވަނަ ޓީމުގެ ގޮތުގައި ކުއާޓާރ ކުޅުނު ޔުނައިޓެޑް ޔޫތު 4-3 އިން ބަލިކުރުމަށްފަހު އެވެ. އިއްޔެ ކުޅުނު މި މެޗުގެ ނަތީޖާ ނެރެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. އިއްޔެގެ މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑް ޔޫތުންވަނީ ލިބުނު ކޯނަރެއްގައި ލަނޑެއްޖަހައި ލަނޑެއްޖަހައި ލީޑު ނަގައިފައެވެ. ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގެ ލީޑު ޔުނައިޓެޑް ޔޫތު އަތުން ގެއްލުނީ ދެވަނަ ހާފު ނިމެން ދިހަވަރަކަށް މިނެޓަށް ވެފައިވަނިކޮށް ޖަންގަލް އިން ނެގި ކޯނަރެއް އެޓީމުގެ ކުޅުންތެރިއެއް ގާގައި ޖެހިފަ ބައިގޯލަށް ވަނުމުންނެވެ.

ނަތީޖާ ނެރުމަށްޓަކައި ޖެހި 5 ޕެނަލްޓީ ތެރެއިން ފުރަތަމަ ދެ ޕެނަލްޓީ ޖަންގަލް ކާމިޔާބު ކުރިއިރު ފަހު ތިން ޕެނަލްޓީ ގޯލަށް ވައްދާލެވިފައެއް ނުވެއެވެ. އަދި ޔުނައިޓެޑް ޔޫތުން ޖެހި ފުރަތަމަ ތިން ޕެނަލްޓީ ޖަންގަލްގެ ކީޕަރ ދިފާޢުކުރިއިރު އެޓީމަށް ކާމިޔާބު ކުރެވުނީ ފަހު ދެ ޕެނަލްޓީއެވެ. ނަތީޖާ ނެރެން އިތުރަށްޖެހި ފުރަތަމަ ޖެހި ޕެނަލްޓީ ޖަންގަލް އިން ކާމިޔާބުކުރިއެވެ. އަދި ޔުނައިޓެޑް ޔޫތުން ފޮނުވާލި ޕެނަލްޓީ ކީޕަރު ދިފާއު ކުރުމުން މުބާރާތުގެ ސެމީގެ ފުރުސަތު ޔުނައިޓެޑް ޔޫތަށް ގެއްލި ޖަންގަލްވަނީ ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ.

މި މަހުގެ 17، ހޯމަ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގެ ދެވަނަ ޖާގަ، އެންމެން ހައިރާން ކޮށްލުމަށްފަހު ހޯދާފައިވަނީ ކުލަބު އިރަމާއެވެ. ޒުވާން ކުޅުންތެރިން ތަކެއްގެ މައްޗައް އެކުލެވޭ ކުލަބު އިރަމާއިންވަނީ ރޭގައި ކުޅެވުނު ކުއާޓަރ ފައިނަލްގެ ދެވަނަ މެޗު ނިމެން ދިހަވަރަކަށް މިނެޓަށް ވެފައިވަނިކޮށް ގޯލެއް ޖަހައި، ގަދަފަދަ ސެންސިޓީ ބަލިކޮށް މުބާރާތުގެ ތާރީހުން ޖާގަހޯދައިފަ އެވެ. ކުލަބު އިރަމާއިން މި ގޯލު ޖެހީ އެޓީމުގެ ކުޅުންތެރިއެއް ގޯލަށް ފޮނުވާލި ބޯޅައެއް ހިފަން އުޅުމުގެ ތެރޭގައި ސެންސިޓީގެ ކީޕަރ ގައިގަ ޖެހިފަ ބޯޅަނިކުތް ވަގުތު ގޯލުގެ ތެރެއަށް އެބޯޅަ ފޮނުވާލައިގެންނެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނިކުންނަ ކުލަބު އިރަމާ އަދި ޖަންގަލްގެ ކުރިމަތިލުމެއް ގުރޫޕް ސްޓޭޖްގައި، މުބާރާތް ހުޅުވި މެޗުގައިވަނީ ފެނިގެން ގޮހެވެ. އެ މެޗު 3-1 އިން ޖަންގަލް ކާމިޔާބުކުރިނަމަވެސް ސެމީއަށް ކުލަބު އިރަމާއާ ދެކޮޅަށް ނިކުތުމުގެ ކުރުން ކުލަބު އިރަމާއިން މިވަނީ އެޓީމާ މެދު ސަމާލުވުމަށް ޖަންގަލްއަށް މެސެޖެއް ދީފައެވެ.

ކުއާޓާރ ފައިނަލްގެ 3 ވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ އެންވީކޭ އަދި އަރާދުވާ އެވެ. ކުއާޓަރ ފައިނަލްގެ ފަހުމެޗުގައި މިރޭ މާރަންދޫ ޔޫތު ސޮސައިޓީ ނިކުންނާނީ މާރަންދޫ ޔޫތު ކޯޕަރޭޝަނާ ދެކޮޅަށެވެ.