ހއ. އިހަވަންދޫ ބަނަފްސާގޭ އާއިޝަތު އަޒުހާރާ، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ، ޕޮލިޓިކަލް ޑައިރެކްޓަރގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް އަޒުހާރާ އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަޒުހާރާ މިމަގާމަށް އައްޔަން ކުރައްވާފައިވަނީ 02 މާރިޗް 2024 ގައެވެ.
އަޒުހާރާއަކީ އިހަވަންދޫގެ ފުރަތަމަ އަންހެން ކައުންސިލަރެވެ. އަޒުހާރާވަނީ އިހަވަންދޫ ކައުންސިލްގެ 2 ވަނަ ދައުރުގެ މެމްބަރުކަން ކުރައްވާފައެވެ. އަޒުހާރާޔަކީ ތަފާތުއެކި ކުޅިވަރުކުޅުމުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކަނބަލެކެވެ. އެގޮތުން އެންމެބޮޑަށް ފާހަގަކުރެވެނީ ވޯލީ ބޯޅަ ކުޅުމުން ހޯދައިފަވާ ކާމިޔާބީތަކެވެ.