އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމަށް ޝިފާއު

މުޙައްމަދު އަކުރަމް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ހުސްވެފައިވާ މަޤާމްތަކުގެ ބައި އިލްކްޝަނުގައި، އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމަށް ޝިފާއު އިންތިހާބު ކޮށްފިއެވެ. ޝިފާއުއާ  މިއިންތިހާބުގައި ވާދަކުރެއްވީ މުހައްމަދު އާރިފްއެވެ.

ޖުމުލަ 599 މީހަކަށް  ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މިއިންތިހާބުގައި 334 މީހަކު ވޯޓް ލާފައިވެއެވެ. 185 މީހަކު ޝިފާއުއަށް ވޯޓް ދިންއިރު 144 ވަނީ އާރިފްއަށް ވޯޓް ދީފައެވެ. އަދި 5 ވޯޓެއްވަނީ ބާތިލްވެފައެވެ.

ވޯޓް ދީފައިވާ ގޮތުގެ ތަފްސީލް:
އިހަވަންދޫ: 101 އާރިފް، 85 ޝިފާއު، ބާތިލް 1
މާރަންދޫ: 31 އާރިފް، 12 ޝިފާއު
މޮޅަދޫ: 4 އާރިފް، 49 ޝިފާއު، ބާތިލް 2
މާލެ: 8 އާރިފް، 39 ޝިފާއު، 2 ބާތިލް


އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމުގެ ބައިއިލެކްޝަން ބާއްވާފައިމިވަނީ އެމަޤާމުގައި ކުރިންހުންނެވި މިސްބާހް އެމަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. މިއަދު އިހަވަންދޫ ދާއިރާ ހިމެނޭހެން ޖުމްލަ 20 ދާއިރާއެއްގެ ބައި އިލެކްޝަން ކުރިއަށް ދިޔަ އެވެ.

ޚިޔާލު ފައުޅުކުރުން

ޥަރައްދެރަ މަޖުލިސްމެންބަރުކަމުން ތަޖުރިބާކުރެވިފައިވާމީހަކު ނެގުމީރީތިކަމެއްނޫން މިހާރު އިހަވަންދުއަކީ ތައުލީމީޒުވާނުންތިބިރަށެއް ވިސްނުންތެރިކަމާއްކު ކުރިއައްވަޑައިގަންންވާ