ޔުނައިޓެޑް ޔޫތް އަތުން ބަދަލު ހިފައި އިރަމާ ފައިނަލަށް

.

ޔުނައިޓެޑް ޔޫތް 2-0 އިން ބަލިކޮށް އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2024 ގެ ފައިނަލަށް އިރަމާ ދަތުރުކޮށް، ގްރޫޕް ސްޓޭޖްގައި ޔޫތް އަތުން ބަލިވި ބަލިވުމުގެ ބަދަލު ހިފައިފިއެވެ. ގްރޫޕް ސްޓޭޖް ގައި ޔުނައިޓެޑް ޔޫތްވަނީ އިރަމާގެ މައްޗައް 2-0 އިން ކުރި ހޯދައިފައެވެ.

ރޭގެ މެޗްގައި އިރަމާގެ ގޯލްތައް ޖެހީ ނައުޝާދު އަދި ޒަކީއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހުސައިން ޒަކީއެވެ. މިމުބާރާތުގެ ފައިނަލް ކުޅޭނީ މާދަމާރޭ 20:00 ގައި އިހަވަންދޫ ޢާޒީ ދަނޑުގައެވެ. ފައިނަލްގައި ބައްދަލު ކުރާނީ އެންވީކޭ އަދި ކްލަބް އިރަމާއެވެ. މިމުބާރާތުގެ ފައިނަލަށް އެންވީކޭ ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 9 ޕޮއިންޓާއި އެކުއެވެ.

މިމުބާރާތުގައި ވާދަކުރަނީ ޔުނައިޓެޑް ޔޫތް، އެންވީކޭ، ސެންސިޓީ އަދި ކުލަބް އިރަމާއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނާރސް އަޕް ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.