ޖޯކް: އަލާއުއްދީންގެ ބައްތި ލިބުނު އަންހެނާ

މުޙައްމަދު އަކުރަމް

މެދު އުމުރުގެ އަންހެނަކަށް އަލާއުއްދީންގެ ބައްތި ލިބިއްޖެއެވެ. ބަލާކަށްނުހުރެ އޭނާ އޭގައި އަތްކާއްތަން ފެށިއެވެ. ފުލޯކު ވާހަކަތަކުގައި ވާގޮތަށް ބޮޑު ދުންގަނޑެއް އެރުމާއިއެކު ފާޅުވީ ބޮޑު ޖިންނިއެކެވެ.

ޖިންނި: ކަމަނާ އަޅުގަނޑަކީ ކަމަނާގެ ހާދިމަކީން.. ކޮންކަމެއްތޯ ބޭނުންވެ ލައްވަނީ؟

އަންހެން މީހާ:
– އަހަރެން ބޭނުންވަނީ އަހަރެންގެ ފިރިމީހާ ގެ ލޮލުން ހަމައެކަނި އަހަންނަށް ބެލުމަށް
– އަހަރެން ބޭނުންވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔަކީ ހަމައެކަނި އަހަންނަށް ވުމަށް
– އަހަރެން ބޭނުންވަނީ އޭނަ އަބަދުވެސް އަހަރެން ކާރީއޮވެ ނިދަން
– އަހަރެން ބޭނުންވަނީ އަހަރެންގެ ފިރިމީހާއަށް ހޭލެވުމާއި އެކު އެންމެފުރަތަމަވެސް އަރެން ހޭލައްވާލުމަށް. އަދި އޭނަ ދާހާތަނަކަށް އަހަރެން ގޮވާގެން ދިއުމަށް

ޖިންނި ކުޑައިރުކޮޅަކު ވިސްނާލަން މަޑުކޮށްލުމަށްފަހު އަންހެން މީހާއާއި ދިމާލަށް ފުމެލިއެވެ. ވަގުތުން އަންހެންމީހާ ބަދަލުވީ ސްމާރޓް ފޯނަކަށެވެ!