ޖޯކް: އަލީ މުޅި ކޯހުން އެއްވަނައަށް

އަޙްމަދު ރިޟްވާން

އަލީ ކޯހެއްގައި 2 އަހަރު ދުވަހަށް ރާއްޖެއިން ބޭރަށް ދިޔައެވެ. އަލީ ކޯސް ނިންމުމަށްފަހު އެނބުރި ރަށަށް އައިސް އަލީ ބައްޕަ ކައިރީ އެބަބުނެއެވެ.

އަލީ: ބައްޕާ އަޅުގަނޑަށް މުޅި ކޯހުން 1 ވަނަ ލިބުން.

ބައްޕަ: އެހެންތަ ދަރިފުޅާ ތީ ހާދަ އުފާވެރި ހަބަރެކޭ. އެހެން ވީއިރު ތިކަން ވަނެ ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން.

ޖެހިގެން އައި ދުވަހު ގެ ރޭ ރަށުގެ ހުރިހާ ރައްޔިތުންނަށް އަލީއަށް މިލިބުނު ކާމިޔާބީގެ އުފަލުގައި އަލީގެ ބައްޕަ ކެއުމެއް ދިނެވެ.

މިހަފްލާއަށްފަހު އަލީގެ ބައްޕަ އަލީ ކައިރީގައި ބުންޏެވެ.

ބައްޕަ: ދަރިފުޅާ އަލީ ބައްޕަޔަށް ދައްކާލަބަލަ ދަރިފުޅު ކޯހުގެ ނަތީޖާ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލީ އޭނާގެ ކޯހުގެ ނަތީޖާ އޭނާގެ ބައްޕަގެ އަތައް ދިނެވެ. ބައްޕަ އަލީގެ ނަތީޖާ ބަލާލުމައްފަހު ބުންޏެވެ.

ބައްޕަ: ދަރިފުޅާ މީގަ މިއޮތީ ހުސް F ރިޕޯޓެއްނުން. ދެން ކީއްވޭ މުޅި ކޯހުން 1 ވަނަ ލިބުނޭ ބުނީ.

އަލީ : ބައްޕާ އެކޯހުގައި ބައިވެރިވީ އަޅުގަނޑު އެކަންޏޭ…