ރަށެއްގައި ކައިވެނި ޙަފުލާއެއް ނުބާއްވާތާ ޒަމާންތަކެއް ވުމަށްފަހު، އެއްދުވަހަކު އެރަށުގައި އޮތް ކައިވެނި ޙަފުލާއަކަށް ރަށުގެ އެކިއުމުރުފުރާގެ މީހުންނަށް ދަޢުވަތު ދެވުނެވެ. އެޙަފުލާގައި ބައިވެރިވި ޒުވާނަކު (ކައިވެނިކުރި ދެމީހުންނަށް އިޝާރާތް ކުރަމުން) ތަންކޮޅެއް ދުވަސްވީ މީހެއްގެ ގާތު،
ޒުވާނާ: ބޭބޭ! އެދެމީހުން އަތާއި އަތްޖޯޑު ކޮށްގެން އެތިބެނީ ކީއްވެގެން؟
ދުވަސްވީ މީހާ: ކޮއްކޮއަށް ފެނޭތަ ބޮކްސިން ތަޅާމީހުން އެމީހުންގެ ތެޅުމަށް ފެށުމުގެ ކުރިން އެކަކު އަނެކަކު އަތާއި އަތްޖޯޑުކޮށް ސަލާމް ކުރާތަން.
ޒުވާނާ: ދެން..!
ދުވަސްވީ މީހާ: މިއީވެސް އެފަދަކަމެއް..!