Banner Image Description

ބައެއްފަހަރު

މުޙައްމަދު ނަސީމް

ބައެއްފަހަރު ކަންކަމުގަ ބާކީވެޔޭ

ބައެއްފަހަރު ގޮތްހުސްވެ މާޔޫސްވެޔޭ

ބައެއްފަހަރު ދުނިޔޭގަ ބިކަވެސް ވެޔޭ

ބައެއްފަހަރު މީހުން އެކަނިވެރި ވެޔޭ

ބައެއްފަހަރު ކާހިތްވެ ބަނޑުހައިވެޔޭ

ބައެއްފަހަރު ކާހިތްވިޔަސް ނުކެވެޔޭ

ބައެއްފަހަރު ފެނުނީމަ ހިތްދަތި ވެޔޭ

ބައެއްފަހަރު ފެނުމުން އުފާވެސް ވެޔޭ

ބައެއްފަހަރު ފޮތްތައް ކިޔާހިތްވެޔޭ

ބައެއްފަހަރު ކިޔަވާހިތެއް ނުމެވެޔޭ

ބައެއްފަހަރު ކަންތައް ކުރާހިތްވެޔޭ

ބައެއްފަހަރު ވަރުބަލިވެ ކަންނެތްވެޔޭ

ބައެއްފަހަރު ނުނިދަން އޮތަސް ނިދިދެޔޭ

ބައެއްރޭ ނިދޭތޯ އޮތަސް ނުނިދެޔޭ

ބައެއްފަހަރު މިގޮތަށް ޅެމެއް ހެދުނަކަސް

އަނެއްބައި ފަހަރަކަށް ނުހެދިވެސްދެޔޭ