Banner Image Description

އެލޯ

މުޙައްމަދު ނަސީމް

އެ ލޮލުގައި ޚާއްޞަ ބާރެއް ޚާއްޞަ ނޫރެއް ޚާއްޞަ ވިދުމެއްވޭ

އެލޮލުގާ ހައްސަ ތަރި ފަނޑުކޮށްލެވޭފަދަ އަލިކަމެއްވެސް ވޭ

އެ ލޮލުގާ ތޫނުފިލިކަންވޭ އެ ލޮލުގާ ޚާއްޞަ ސިހުރެއް ވޭ

އެ ލޮލުގާ ފޮރުވިފައިވާ މާނަ ނޭނގޭ ފަދަ ލިސާނެއް ވޭ

އެ މަސްތީ ޖާދުވީ ދެލޮލުން ބަލައިލީމާ އެވާ ގޮތަކުން

ވެމަސްތު ހިތާ ސިކުނޑިއަށްވެސް ބުނަން ނޭނގޭ އަރާމެއްވޭ

އެ ލޯ ފެނުމުން ދިވާނާވޭ ވެ ޝޯހު މުޅިން އަޖައިބުވޭ

ދެލޯމެރި މަސްތުވާހާވޭ އެލޯ ފެނުނީމަ ހައިރާން ވޭ

އެ ލޮލުގައިވާ އަސަރުގަދަކަން ގަޔާވާޒާތު މޫރިތިކަން

އެ ލޮލުގައިވާ ސިހުރުވެރިކަން ބަޔާންކޮށްދޭންމެ އުނދަގޫވޭ