Banner Image Description

އެއިޑްސް

މުޙައްމަދު ނަސީމް

ދުނިޔެއިން ލިބޭ އުފަލުން ތިމާ މަހުރޫމު ކުރުވާ ބައްޔެކޭ

އުނިކަން ހަޔާތަށް ގެނުވުމަށް މަޖުބޫރު ކުރުވާ ބައްޔެކޭ

ފަރުވާ މިއަށް ލިބުމެއް ނުވާ ބޭހެއް މިއަށް ހޯދިފަ ނުވާ

މަރުނޫން އިތުރު ނިމުމެއް ނުވާ ވޭނާ ރިހުންދޭ ބައްޔެކޭ

ވަގުތީ އުފާ ލިބިގަތުމުގައި މި ބަލީގަ ޖެހި ހައްޔަރުވުމުން

މަގުއޮޅި ތިމާ މުޅި ދުނިޔެއަށް ބޭޒާރު ވާނޭ ބައްޔެކޭ

ކައިރީގަ ހުރެ ކެއްސާލުމުން ނޫނީ ކެވޭ ކާއެއްޗަކުން

ވައިރަސް އަޚުންނޭ ހަށިގަނޑަށް ވާސިލުނުވާނޭ ބައްޔެކޭ

ކުދިބަލިތަކާއި ޖިހާދުކޮށް ހަށިގަނޑު ސަލާމަތްކޮށް ހަދާ

ކުދި ކުދި ނިޒާމްތައް މުޅިން ނެތިކޮށް މަރާލާ ބައްޔެކޭ

ދީނުގެ ރިވެތި ޚުލްޤާ އަދަބު ނެތިކޮށް ހަނދުމަ ނައްތާލުމުން

ހީނުކުރެވޭހާ ދަތިތަކާ ވޭނާ ތުރާ ދޭ ބައްޔެކޭ