ލޮލުގެ ފަރުވާ ދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އުޅޭ އެއް ހޮސްޕިޓަލް ކަމަށްވާ އައިކެއަރ ހޮސްޕިޓަލް އާއި، ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒާއި ގުޅިގެން ލޮލުގެ ޚާއްސަ ކޭމްޕެއް، “އައިކޭމްޕް” އިހަވަންދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިއްޖެއެވެ.
މި ކޭމްޕް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8، 9 އަދި 10 ވާ ތިން ދުވަހު، އާމިނާދިޔޯ ސިއްހީމަރުކަޒުގައެވެ.
މި ކޭމްޕްގެ ހިދުމަތްތައް ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އާމިނާދިޔޯ ސިއްހީމަރުކަޒުގެ ނަންބަރު 6500200 އަށް ގުޅުއްވައި ނަންނޯޓް ކުރެއްވުމަށް އާމިނާދިޔޯ ސިއްޙީމަރުކަޒުން އެދިލައްވައެވެ.
މި އައިކޭމްޕްގައި ލޮލާބެހޭ ގިނަ ހިދުމަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހިލޭ ލޮލުގެ ނަންބަރު ނެގުން، ނަންބަރު އައިނު ހެދުމުގެ ހިދުމަތް ދިނުން އަދި އައިނު ހެދުމަށް %15 ގެ ޚާއްސަ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ލޮލަށް ދިމާވާ އެކިއެކި ބަލިތަކާއި އަދި އެބަލިތަކަށް ލިބެންހުރި ފަރުވާގެ މައުލޫމާތުވެސް މި ކޭމްޕްގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.