ދެފުރާނަ އެކުވެފައިވާ (12 ވަނަ ބައި)

ފަތުޙުﷲ އަޙުމަދު ރަޝީދު

“ދުވަހަކީ އަހަރެން އުމުރުން 15 އަހަރު ފުރުނު ދުވަހެވެ. އާދައިގެ މަތިން އަހަރެން ހިތަށް ތަސައްލީއެއް ލިބޭނެ ކަމުގެ އުއްމީދުގައި ރަށުގެ ދެނުކު ފަރާތު ތުނޑިއަށް ދިޔުމަށްޓަކައި އެދިމާއަށް މިސްރާބު ޖެހީ އަޞްރު ނަމާދަށް ފަހުގަ އެވެ. ތަނަށް ވެރިވެފައިވަނީ އެކަނިވެރި ކަމެވެ. އެހެނަސް ތުނޑީގައި ހެދިފައިވާ ގަސްތަކާއި، އެ ގަހެއް ފެނުމުން އެކަނިވެރިކަން ފިލާ ކާނި ގަހުގެ ނިވަލަށް އަހަންނަށް ދެވުނު އިރު، އިރު އޭގެ ވާޖިބަށް ހުރަސް އަޅަމުން ދިޔަ ވިލާތަކުން ސަލާމަތް ވަމުން ދުނިޔެ މައްޗަށް ރަން ކުލައިގެ އަވި ފޮނުންވަން ފެށި އެވެ. އަހަރެން ގޮސް ކާނި ގަހުގެ ނިވަލުގައި އިށީނދެލީމެވެ. ކުރިމަތިން ފެންނައޮތް ހާމަ ކަނޑުގެ ތެރެއިން ފޮނުވަމުން ދިޔަ މަޑުމަޑު ހިތްގައިމު ވައިރޯޅިތަކުގެ އެހީގައި ނަމަވެސް ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިދާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އަހަރެންގެ ފިކުރު ބޮޑުވެފައިވާ ސިކުނޑިއަށް އަރާ ފައިބަމުން ދިޔަކަންކަމުގެ ސަބަބުން ލޮލުން ކަރުނަ ހިލެމުން ދިޔަކަން އިޙްސާސްވާން ފެށީ ކޯތާފަތްމަތިން ދެފަރާތުން ކަރުނަތައް ދަތްދޮޅިއަށް ފައިބަމުން ދިޔުމުންނެވެ. އެކަމާ ފަރުވާލެއް ނުވެވި ކަރުނަތައް ލޮލުގެ ތެރެއިން ބޭރުވުމަށް ފުރުޞަތު ދީގެން އިނދެވުނީ ފުން އަސަރުތަކެއް ކުރުމުން އެކަންތައްތަކުގެ ހަނދާންތައް އާވާން ފެށީމަ އެވެ. އެއަށްވުރެ ބޮޑަށް އަހަންނަށް އިޙްސާސްކުރެވެމުން ދިޔައީ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނީ ކެކުޅުންތަކެވެ. މަޑުމަޑުން އަތުގެ މުޅައްދަނޑީގައި ފިރުމާލެވުނީ ވައިރޯޅީ ސަބަބުން ލޮނުގެ އަސަރުތައް އަތުގައިވާ ރޯ ފާރުގަނޑުގަނޑަށް ކުރުމުން ނަގާންފެށި ދިލައިގެ ސަބަބުންނެވެ. މަޑުމަޑުން އެ ފާރުގަނޑަށް ބަލާލެވުނެވެ. ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ފާޅުވަމުން ދިޔަ އެވެ. އަތްތިލައިގެ ފަސްވަރަކަށް އިންޗި މަތިން އަތުގެ އެތައް މިތަންވަނީ ނޫފައިގެންފަ އެވެ. ނޫފައިގެންފައިވާ ތަނުގެ މެދުގައިވަނީ ފާރުގަނޑެވެ. ފޮތިގަނޑަކުން އައްސާ ބާރުކުރުމުގެ ސަބަބުން އަތުގެ ހަންގަނޑުގެ ތެރެއިން ކަނޑާ ނެގިފައިވާ ތަންތަނެވެ. ކުއްލިއަކަށް ހަނދާނަށް އަންނަން ފެށީ އެ އަނިޔާ ލިބުނު ގޮތެވެ. އެ ކަންތައްގަނޑުން ސަލާމަތްވާން އުޅެވުނު ގޮތެވެ. ދެއްކުނު ބަހަނާތަކެވެ. އެކަމަށް ކުރެވުނު އިންކާރެވެ.”

ހިމޭޝް ބޯދަށުގައިވާ ބާލީސް ނަގަމުން އެނދުގައި ދިގު ދެމިލި އެވެ. ފުންނޭވާއެއް ދޫކޮށްލަމުން ފޮތަށް ނަޒަރު ހުއްޓާލި އެވެ. އެއާއެކު އޭނާ ފޮތުގެ ތެރެއަށް ގެނބިގެން ދިޔަ އެވެ.

“އާދޭސް ކޮށްފަ މި ބުނީ އަހަންނަށް ތިހެން ނުހަދާ! އަހަރެންގެ ނިކަމެތި… ނިކަމެތި ޖިސްމަށް އަނިޔާ ނުކުރޭ! އަހަރެން… އަހަރެން ކިތައްމެ ނިކަމެއްޗަސް އަހަރެންވެސް… އަހަރެންވެސް…” ނަޖުމާ ރޯން ފެށި އެވެ. އޭނާގެ ދެލޯ ބޮޑުކޮށްލަމުން، ރުޅިވެރިކަމާއި ބިރުވެރި ކަމުން ފުރިގެންވާ ނާޒިމުގެ ލޮލަށް ބަލާލި އެވެ. އެ ލޮލުން އޭނާއަށް ފާހަގަ ވަމުން ދަނީ ކެހިވެރިކަމެވެ. ބައްޕައެއްގެ ލޯބި ދޭން ހުރި އެފަދަ މީހެއްގެ ދަށުދަރަޖައިގެ ޢަމަލުތަކުން ނަޖުމާ ބިރުން ރޫރޫ އަޅަމުން ދިޔަ އެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. ނަޖުމާއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ އެ ބިރުވެރިކަމުން އޭނާ މިންޖުވާން އުޅޭ ކަމަށް އުއްމީދުކުރެވުނީ މަ އެވެ. ނަމަވެސް ކޮޓަރީގެ ތެރެއަށް ވަދެގެން އައި މީހާގެ މޫނު ފެނުމުން ނަޖުމާގެ ބިރުވެރިކަން އިތުރުވެގެން ދިޔަ އެވެ. ހާސްކަން އިތުރަށް ބޮޑުވި އެވެ.

“ޔާސިފް” ނަޖުމާގެ ބޭއިޚްތިޔާރުގައި ކިޔާލެވުނެވެ.

“ކައޭ ގަދަ ދައްކަނީތަ މިއަދުވެސް! އޭން! ކައޭ ހީކުރީ އަހަރުން ކައޭ ބޭނުންހާ ކަމެއް ކޮށްދީ ކައޭއަށް ކިޔަވައިދީ މި ހަދަނީ އަހަރުން އަތުގަ ލާރި ގިނަވެގެން ކަމަށްތަ؟ އޭން! އޭން!ކައޭ މިއަދު އަހަރުން ބުނާ ގޮތަށް ކަންތައް ނުކޮށްފި ނަމަ… ގަދަކަމުން ވެސް…” ކޮޓަރިތެރެއަށް ވަދެގެން އައި ޔާސިފް އަމުރުވެރި ބަސްތަކުން ނަޖުމާގެ ތުރުތުރުލުން އިތުރުވަމުން ދިޔަ އެވެ.

“ޞުލްހައިގަ އާދޭ! އަހަރުމެން ދެމީހުން… އެކަން ކޮށްދިނީމަ އެއްވެސް އަނިޔާއެއް އެއްވެސް ގެއްލުމެއް މިއަދަކު ނުދޭނަން! ގަދަ ކަމުން ކުރަންޏާ ތަދުވާނީ ވެސް، އަނިޔާ ވާނީ ވެސް ހަމަ ކަލޭއަށް…” ނާޒިމު އަޑުގައި މަޑުމައިތިރިކަން އެކުލެވުނަސް އަޑުގައި ހުރީ އަމުރުވެރި ގޮތެވެ.

“މި ދެން އެހާ ބޮޑު ކަމެއް ނޫން! އޭން! ކައޭ ރީއްޗަށް އޮތީމަވީ… އަހަރުން ނިންމާލާފަ ހިނގައިދާނަން! އޭން!” ޔާސިފް ޓީޝާޓް ބޭލުމަށް ފަހު ދުރަށް ހޫރާލި އެވެ. އޭނާގެ ޖިންސުގެ ގޮށްތަކުގައި ހިފާލި އެވެ.

“އާދެ… ނަޖޫ… އެހާ ކަންބޮޑު ނުވޭ!” ނަޖުމާގެ ކައިރިއަށް ނާޒިމް ޖެހިލަމުން ގަމީހުގެ ގޮށްތައް ނައްޓާލުމަށް ފަހު ހުސްގަޔަށް ހަދާލި އެވެ.

“ސުލްހައިގެ އަންނާނީތަ ނޫނީ… ނާޒިގެނޭ އެއްކަލަ ފޮތިގަނޑު މިއަދު ވެސް މި ޖެހުނީ ގަދަކަމުން މިކަން ކޮށްދޭކަންނު… ކައޭ އުފާކުރަންވާނެ، އަހަރުން މިހާ ސުލްހައި މީހަކަށް ނާންގަ މިކަން ކޮށްދޭތީ… އޭން!”

“ބަލަ އަހަރުން މި އުޅެނީ ކަލޭއަށް ރަނގަޅަކަށް، ކަލެއަށް ނުލިބިވާ އުފާތަކެއް ހޯދަ ދޭށޭ! ކާކު ކަލޭ ކަހަލަ ދެރަ ނިކަމެއްޗަކަށް އަޅާލާނީ! އަހަރުމެން ދިނީމަ ކައިގެން، އަހަރުމެން ދިނީމަ ލައިގެން، ނޫންތަ ކަލޭ ތިއުޅެނީ… އެހެން ނޫނަސް ކަލޭއަށް އެނގެންވާނެ މިއަދު އަހަރެން ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭކަށް ކަލޭގެ ދައްތައެއް މިދުނިޔޭގަ ނެތްކަން… އޭނާގެ މަޤާމުގައި މިއަދު ހުރީ ކަލޭކަން! ދެން މިހުރީ ޔާސިފް! އެއީ ކަލޭއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދީ ކަލޭ މާލެ ފޮނުވައިގެން ކިޔަވައިދީ ހުރިހާ ކަމެއް ކުރާ މީހާ ނޫންތަ! ދެން ކޮންމެ ދުވަހަކު މި ހާސަރެއް ނުދެމިޔަސް ކަލޭއަށް ވިސްނެން ވެއްޖެއްނު! މިހާރު މީ އާކަމެއް ނޫނެއްނު! ކަލޭއަށް އެނގެވާނެ އަހަރުމެންނަށް އޮތީ ކުޑަ ދުވަސްކޮޅެއްކަން… ޗުއްޓީ ނިމެންވާއިރަށް ކަލޭ މާލެދާން ބޭނުމިއްޔާ… ކަލޭ ނިކަން…” މޭޒުމަތީ އޮތް ކަޅުކުލައިގެ ދިގު ފޮތިގަނޑެއް ނަގާ އެނދާ ދިމާއަށް ހޫރާލަމުން ނާޒިމު ޖީންސް ގޮށްތަކުގައި ހިފާލި އެވެ.

“އަހަންނަށް ކޮން އުފަލެއް ހޯދަދޭން… ތިޔަށްވުރެ ރަނގަޅުވާނެ އެއްފަހަރުން އަހަރެންގެ ކަރުގަ ހިފާ މަރާލިޔަސް… އަހަރެން ނޫޅެން ކަލޭމެންގެ ފަރާތުން އުފާތަކެއް ނުލިބިގެން… ކަލޭމެން ޚަރަދުކޮށްފަ އަހަރެން… އަހަރެންމީ… ކަލޭމެން ކުޅެން ގެންގުޅޭ ނާއްޓެއްތަ؟ ނޫނީ…. ކަލޭމެން ތީ އިންސާނުންތަ؟ އަހަރެންގެ ނިކަމެތި ކަމުގެ އަގަކީ މީތަ… ތީ އިޙްސާންތެރިންތަ؟ ތީތަ ނިކަމެތިންނަށް އެހީވާންވީ ގޮތަކީ؟” ނަޖުމާ ހިތާހިތާ ކިޔާލި އެވެ. އޭނާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހޮމުން ކަކޫ ގަޔާގާތްކޮށް ހަށިގަނޑުގައި ފިއްތާލި އެވެ. ފާރު ބުޑަށް ވަދެ މީހާ ބޮނދަށް މަސައްކަތްކުރި އެވެ.

“ކީއްވެފަތަ ކަނަށްވަދެ ކަނބިއްޔެއްހެން ތި އިންނަނީ؟ އޭން! ހަނދާންކުރާތި އަޑެއް އިއްވައިފި ނަމަ ބޭޒާރުވާނީ ކައޭ… ކައޭ ހީނުކުރާތި އަހަރުން މީ ކައޭގެ ބޭބެ މެންނެކޭ…އޭން! ކައޭއަށް އެގެންވާނެ ދުވާލު މިގަޑިމީ އަހަރުން މިކަމަށް އެންމެ ބޭނުންވާ ހޫނުގަދަ ގަޑިކަން… އަހަރުމެން މީ ކައޭގެ…” ޔާސިފް ނަޖުމާގެ ފައިގާ ހިފާ ދަމާލަމުން އޭނާ އަށް ކުރިމަތި ލި އެވެ. ފެންނަމުން ދިޔަ މަންޒަރުތައް ނުބެލުމަށް ދެލޯ މަރާ ފިކަޑި ކޮށްލި އެވެ. އާ މަންޒަރަކަށް ނުވިޔަސް ބަލަން ބޭނުންނުވާ މަންޒަރަކަށްވާތީ އެވެ. އާ ތަޖުރިބާ އަކަށް ނުވިޔަސް ކުރަންބޭނުން ނުވާ ތަޖުރިބާއަކަށް ވާތީ އެވެ.

ނަޖޫމާ ދެ ލޯމަރައިގެން ރޮއިލަ ރޮއިލާ އިނީ އެވެ. އޭނާއަށް ކުރެވޭނެ މާ ބޮޑުކަމެއް ނެތެވެ. ގަދަ ދެއްކިޔަސް އަނިޔާ ލިބޭނީ އޭނާއަށްކަން އޭނާ އަށް އެނގެ އެވެ. އަޑުގަދަ ކުރިޔަސް އެއަޑު އެ ކޮޓަރިން ބޭރު ނުވާނެކަން ވެސް އޭނާ އަށް އެނގެ އެވެ. އެހެނަސް އޭނާ ރުހުމުގައި އެއްވެސް މީހަކަށް އޭނާ ބޭނުން ނޫން ކަމެއް ކުރުމަކަށް އޭނާގެ ޖިސްމެއް ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ކުޑަމިނުން އޭނާގެ ނުރުހުމުގައި އޭނާއަށް ބަލައިލަން ވެސް އޭނާ ބޭނުމެއް ނޫނެވެ. ބާރުގަދަ ދެ ފިރިހެނުންނަށް ވުރެ އޭނާގެ ބާރު ދެރަވާނެކަން ޚުދު އޭނާ ދަނެ އެވެ.

 އެހެނަސް އެމީހުންގެ ވަކިތަކު ދަށު ނުވަން ކުރެވެން ހުރި ހުރިހާ ކަމެއް ނަޖުމާ ކުރަމުން ދިޔަ އެވެ. އެންމެ ފަހުން އެފަކީރު އެމީހުންގެ އަތްދަށުވީ އެވެ. ދެ އަތާއި ދެފައި ފޮތިގަނޑަކުން ބަނދެލުމަށްފަހު އެމީހުން ބޭނުން ހުރިހާ ކަމެއް ކޮށް ނިންމާލީ އެވެ. މަލުގެ އެއްވެސް ރުހުމެއް ނެތި މާބުރު ތިރިކޮށް ކަރުގަނޑު ފަތަހަކުރީ އެވެ. ރަޙުމެއް ޙަމްދަރުދީ އެއް ނެތި އެވެ. މަލުގެ ފިޔަތައް މޯޅިކޮށްލަމުން، ފަރި ނުވަނީސް އެ މަލުގެ މީރުކަން ބޮއެލީ އެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކު އެތައް ގޮތަކަށެވެ. މާބުރުގެ ލަޝްކަރުތަކައިގެން އައިސް އެކި ގޮތްގޮތަށެވެ.

ހިމޭޝްގެ ލޮލުން ކަރުނަ ހިލެމުން ދިޔަ އެވެ. ވާހަކައިގެ ތެރެއަށް ގެއްލިފައި އޮވެ ދެ ފަހަރަކު ލޯ އުނގުޅާލެވުނެވެ. ކުއްލިއަކަށް ތެދުވެލި އެވެ. ފޮތުން ކިޔުނު ހިސާބު ފާހަގަކޮށްލުމަށް ގަނޑުގެ ކަނުން ލަނބާލުމަށް ފަހު އެނދުގެ މަގަތުގައި ހުރި ކަފޭރާމަތީގައި ބާއްވާލަމުން ފާޚާނާއަށް މިސްރާބު ޖެހި އެވެ. އަވަސް އަވަސްކޮށްލައިގެން ފާޚާނާއިން ނުކުމެ ފޮތް ނަގާ ކިޔަންފެށި އެވެ.

“އެހަނދާންތައް ވެރިވުމުން ގިސްލަގިސްލާފައި ރޮވެން ފެށުނެވެ. ދެއަތާއި ދެފައިގައި ނޫފައިގެންފައި ހުރި ތަންތަނުގައި އަޅާ ވޭނަށްވުރެ ހިތުގައި އަޅާވޭން މާ ބޮޑެވެ. ޔަތީމެއްގެ ހާލުގައި އަހަރެން ދުނިޔެ މަތީ ލައްވާފައި މިވަނީ މިކަންކަން ތަހައްމަލުކުރަން ބާ އޭ ހިތަށް އެރި އެވެ. މިއީ ކޮންފަދަ އިމްތިހާނެއްހޭ ހިތާހިތާ ސުވާލުކުރެވެ އެވެ. އަބަދު ވެސް ހިތަށް އަރަނީ މި އިމްތިހާނުން އަހަރެން ކޮންމެ ވެސް ދުވަހަކުން ސަލާމަތް ވާނެކަމެވެ. އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމެވެ. އެނގިހުރެ އަހަރެން ފާފަ އެއް ނުކުރާނަމެވެ. އަހަރެންގެ ނުރުހުމުގައި ބަޔަކު ކަމެއް ކުރިޔަސް އެއީ އަހަރެން ކުރާ ފާފަ އެއް ނޫނެވެ. އަހަރެން ދިރި މިހުރީ ހިތުގައި ބިންވަޅު ނެގިފައިވާ އީމާންތެރިކަމެއްގެ ސަބަބުންނެވެ. އެހެންނޫންނަމަ އަހަރެން އަމިއްލައަށް ނެތި ދިޔަތާ މިހާރު އެތަކެއް ދުވަހެއް ވެއްޖެކަން ޔަޤީނެވެ. އަހަރެން އަބަދު ވެސް ޤަބޫލުކުރާ ހަޤީގަތެއް އޮވެ އެވެ. އެންމެ ކުޑައިރު ބައްޕަގެ އިނގިލީ ހިފައިގެން ތުނޑިއަށްދާ ކޮންމެ ދުވަހަކު އުޑާއި ކަނޑުން ދުރުފެންނަ ހިސާބަށް އިޝާރާތްކޮށް އަހަރެން ބައްޕަ ކުރެން ކުރާ ސުވާލެއްގެ ޖަވާބެވެ.

“ދަރިފުޅާ އެވެ. އިންސާނުންނަކީ ވަރަށް ނިކަމެތި ބައެކެވެ. އިންސާނުންނަށް އަބަދުވެސް ފެންނާނީ ކުރިމަތީ ހިނގާ މިންވަރު ކުޑަމިންވަރެކެވެ. ދަރިފުޅަށް ނުފެންނަ އެތައްކަމެއް ދަރިފުޅަށްޓަކައި ރޭވިފައިވާނެ އެވެ. އެ ރޭވުންތަކުގައި ހިތި ކަމަކާއި ލައިގެން މެނުވީ ފޮނިކަމެއް ނޯންނާނެ އެވެ. ބުރައަކާ ލައިގެން މެނުވީ އަރާމެއް ނުލިބޭނެ އެވެ. ވޭނަކާއި ލައިގެން މެނުވީ ފަސޭހަކަމެއް ނުވާނެ އެވެ. ހަޔާތުގަ ދިމާވާ އެއްމެ ކަމަކުން އަޒުމު ގެއްލުވާލާނީ އަބާއްޖަ ވެރިންނެވެ. ނުވިސްނޭ ފިނޑިންނެވެ. ކެތްތެރިންނަކީ ދިރި އުޅުމުގެ ހަނގުރާމައިގެ ކާމިޔާބުވެރިންނެވެ. އެމީހުން ކެތްކުރާނީ ސިއްރުންނެވެ. ކެތްކުރާކަން ފާޅުކުރާނީ ދެއްކުން ތެރިންނެވެ.”

ބައްޕަގެ މި ނަސޭހަތްތަކަކީ ބައްޕަގެ މަރު ދުވަހާ ހަމައަށް ހަމަ ކޮންމެ ދުވަހަކު ތަކުރާރުވަމުން އަހަރެންގެ ބޮޑުވަމުން ދިޔަ ސިކުނޑިއަށް ފައްތަމުން ދިޔަ ޢިބްރަތްތެރި ބަސްކޮޅެކެވެ. ފުންނޭވާ އެއް ދޫކޮށްލެވުނީ ފިނި ވައިރޯޅި އަކުން އަހަރެން ވަށާލި ކަމުގެ އިޙްސާސް ކުރެވެމުންނެވެ. އޭރުވެސް ހިތުގައި ވަނީ އެތައް ފަހަރަކު ތަކުރާރުވަމުން ގޮސްފައިވާ އަނިޔާވެރި މަންޒަރު ތަކުގެ ކުރެހުންތަކެވެ. އެ ހަނދާންތަކެވެ. އެވޭނަށް ކެތް ނުވެގެން ނުނިދި އެނދުގައި ފޮރޮޅެން ޖެހުނު ދަތި ރޭރޭތަކެވެ. ގައިގެ އެތަން މިތަނުގައި އަޅާ ވޭންތަކުން ރޮއިރޮއި އޮއްވާ އަނެއް ދުވަހުގެ އިރު އަރާއިރަށް ދިމާވަމުން ދިޔަ ތުރާތަކުގެ މަންޒަރުތަކެވެ. ސިކުނޑީގައި ކުޅެވެމުން ނިއުޅެމުން ދިޔައީ އެ ހަނދާންތަކެވެ.”

ހިމޭޝް ދެ ފަހަރަކު މޫނުގައި އަތް އުނގުޅާލުމަށް ފަހު ގަޑިއަށް ބަލާލި އެވެ. ކިތައްމެ ޝައުޤުވެރިވެ ފޮތް ކިޔަން ބޭނުންވިޔަސް ނިދީގެ ރާނީ އުފާވެރިކަމުގެ ސާލެއް ހިފައިގެން އައިސް އޭނާ ވަށާލި އެވެ. ދެފަހަރަކު އާފުރިލި އިރަށް ފޮތް އަތުން ދޫވީ ލޮލަށް ބަރުހެލިވެގެން ނެވެ. ނިދި އޭނާގެ ލޮލަށް ސަވާރު ވުމުންނެވެ. އޭނާގެ ލޮލަށް ނިދީގެ ތޫފާނެއްގެ ހަމަލަ އަމާޒުވުމުންނެވެ. އަތުން ފޮތް ދޫވެ ގައިދަށުވި އެވެ.

ނަޖުމާ ވެސް އޮތީ ފުން ނިންޖެއްގެ ތެރެއަށް ގެނބި މަރުވެފަ އެވެ. އޭނާގެ ވަށައިގެން ހިނގަމުންދާ އެއްވެސް ކަމެއް އޭނާ އަކަށް ނެނގެ އެވެ. ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން އިތުރު ހިޔަނި ތަކެއް ހަރަކާތްތެރިވަމުން ދިޔައީ ސިއްރުން އަގުބޮޑު ޖަވާހިރެއް ހޯދަން ބަޔަކު އުޅޭފަދަ ގޮތަކަށެވެ. އަވަދި ނެތި އެނބުރެމުންދާ ފަންކާގެ އަޑުގެ އިތުރުން ތިން މީހަކު ވައި އަޑުން ވާހަކަދައްކާ އަޑު އިވި އިވި ހުއްޓެވެ. ތިންމީހުން ތިންމީހުންނަށް އެއްލެމުން ކަހަލަ ގޮތަކަށް ހަރަކާތްތެރި ވަމުންދިޔަ އެވެ.

“ފިއްޓޭ! ކޮބާ ކައޭ ރެޑީތަ؟”

“އަދި ނޫވޭ؟”

“މަ އޯކޭ! ބަގޭ އާދޭ! މަގޮލާ އަރާ އިރަށް ތި ގޮލާމެން ހިފަހައްޓަންވާނެ! އެހެން ނޫނީ އެޅާ ތެޅިގެންފަ ހަޅޭލަވާފިއްޔާ ބަސްޓް…!”

ތިންމީހުން ތިން މީހުނަށް ރޭވުންތައް ރާވާ ނިންމާލުމަށްފަހު ނަޖުމާ ވަށާލި އެވެ. ކަށިމަތިން މައްޗަށް އަރާފައިވާ މަޑު ފިޔާތޮށި ކުލައިގެ ނިދާހެދުން ހިއްލާލަމުން އެކަކު ފަރުވާތެރިވަމުން މަޑުމަޑުން ފައިގައި ބޮސްދޭން ފެށި އެވެ. ނަޖުމާއަށް ކުއްލިއަކަށް ހޭލެވުނެވެ.

“ކާކު؟ ދޫކުރޭ! ދޫކުރޭ! މި ބުނީނު ދޫ ކުރާށޭ!” ބާރުބާރަށް ހަޅޭއް ލަވައިގަންނަމުން ނަޖުމާގެ ގަދަ ދައްކަން ފެށި އެވެ.

“ކަލޭމެން މިތަނަށް ވެއްދީ ކާކު؟ މިހާރު ނިކުމޭ… މިބުނީނު ނިކުންނާށޭ! ނިކުމޭ! އެހެންނޫނީ…” އަތާއި ފައިން އެމީހުންގެ ގައިގެ އެތައް މިތަނުގައި ތަޅަމުން އެނދުގެ ކަނަށް ވަދެ އިނދެ ނަޖުމާ ހަޅޭ ލަވަމުން ދިޔަ އެވެ.

ކޮޓަރީގެ ހޮޅި ބުރި ދިއްލުނެވެ. އެންމެ ހަމަ ހިމޭންވީ އެހާ ހިސާބުންނެވެ. ތިންމީހުން ތިބި ހާލަތު ނަޖުމާއަށް ވަޒަން ކުރެވުނެވެ. ކޮޓަރީގެ ދޮރު ކަނީގައި ލެނގިގެން ލާނެތް ފާޑަކަށް ހެވިފައި އަނގަ ހަފާލަ ހަފާލާ ޔާސިފު ހުއްޓެވެ. އޭނާގެ ޝަހާދަތް އިނގިލީގައި އެނބުރެމުން ދިޔައީ ކޮޓަރީގެ ތަޅުދަނޑި އެވެ. ނަޖުމާ އަށް ކެތެއް ނުވި އެވެ.

“އަހަރެން… އަހަރެން މަރާލަންވީނު… ކީއްވެތަ ސިއްރުން މީހުން ވައްދައިގެން…. ބޭރަށް ނެރެ އެންމެންނަށް ފެންނަ ގޮތަށް ކުރަންވީނު…” ގިސްލަމުން ގިސްލަމުން އޭނާއަށް ބުނެވުނީ އެހާ ހިސާބަށެވެ.

“އޭ ކައޭ ހާދަ ފުއްޕަނީ… ކައޭ ޖެހޭނީ އެމީހުންނަށް ކޮށްދޭން! އަހަރުން ބުނި ވަރެއްދީގެން އެމީހުން އެތިބީ… އަޑު ގަދަކުރަންޏާ ކައޭއަށް ހޭ ދައްކާލަން ޖެހިދާނެ އިނގޭ! އޭން! މާ ވަރަށް ނުފުއްޕާތި!” ޔާސިފު ކޮޓަރި ތެރެއަށް ވަދެ އެނދުގެ ކަނުގައި އިށީނދެ ލަމުން ނަޖުމާއަށް ކަޅިއަލާލި އެވެ. ފަހަތުން ނާޒިމުވެސް ވަދެގެން އައެވެ.

“ކަލޭ ބޭނުމީ ބޭރުގަ ޖައްސަންތަ؟ މާ ފައްކާ ދޯ ބޭރު؟ ޔާސި އެގޮލާ ނެރެމާ އެއްކަލަ؟” ނާޒިމު ޚިޔާލު ދިނެވެ.

“އެ ތެދެއް ކައޭ ބޭނުމީ ބޭރު މިރޭ… ފައްކާވީދޯ…” ޔާސިފު  ދެލޯ ބޮޑުކޮށްލާ ވައްތަރު ޖައްސާލަމުން ނަޖުމާއަށް ބަލާލި އެވެ.

“މައްސައެއް ނެތް ކައޭ ބޭނުންގޮތެއް ފިއްޓޭ ކައޭމެން ތިން ގޮލާން މި ގޮލާ ބޭރަށް ނެރޭ… މަށާ ނާޒި ވެސް ޖޮއިން ކުރާކަން… އެބަ އަންނަން ޕުލް އެއް ޖަހާގެން” ކޮޓަރި ތެރޭ ތިބި ތިން މީހުންނަށް އިޝާރާތްކުރަމުން ޔާސިފު އާއި ނާޒިމު ބޭރަށް ނިކުތެވެ. ޔާސިފުގެ އަމުރަށް ނަޖުމާ ގަދަ ކަމުން ކަހަލަ ގޮތަކަށް ނަގައިގަނެ ގެން ތިން މީހުން ބޭރަށް ނެރުނެވެ.

ރެޔަކީ ކަޅުފޮއި މޫސުމުގެ ރެއަކަށް ވުމާ އެކު ފަޒާ ތެރޭގައި ރަސްކަން ކުރަމުން ދިޔައީ ކަޅު އަނދިރި ކަމެވެ. ވިއްސަކަށް ފޫޓު ދުރުގައި ދިއްލާފައިވާ  މަގުމަތީގެ ހޮޅިބުރީގެ އަލިކަން ފިޔަވައި އެ ސަރަހައްދުގައި އެއްވެސް އަލި ކަމެއް ނުވެ އެވެ. ގޭ ގައި ކަނިކޮށްލެވި ފައިވާ ނިދާ ބޮކީގެ އަލިވެސް ހުރީ ދޮރުން ނިކުންނަ ނުނިކުންނަ ވަރަށެވެ. އަލަށް އާބާދުވާ ސަރަހައްދެއް ކަމުން ގޭގެ ގޯއްޗާއި އިންވެގެން ވަށާލެވިފައިވަނީ ފަޅު ގޭގޭ ތަކާއި ގޯތި ތަކެވެ. ބިޔަ ގަސްތައް ހެދި ޖަންގަލިވެފައިވާ މީހުން އާބާދު ނުވާ ހުސް ގޯތިތަކެވެ.

ނާޒިމަކީ ބަކަރި ގެންގުޅޭ މީހެއްކަމުން ގޯތީގެ އެއްކަން ޚާއްޞަކުރެވި ފައިވަނީ ބަކަރި ކޮށްޓަށެވެ. އިރުއިރުކޮޅުން ބަކަރިތައް ހޭރިލާ އަޑު ފިޔަވައި މާހައުލުގައި ރަސްކަން ކުރަމުންދިޔައީ ބިންގަނޑުގައި ހަރުކޮނެ އުޅޭ ސޫފާސޫފީގެ އަޑުތަކެވެ.

ނަޖުމާގެ ނުރުހުމުގައި އެ ތިން މީހުން ގެންގޮސް ބޭއްވީ ބަކަރި ކޮށި ކައިރީ ހުރި ރޯނު އެނދެއްގެ މަތީގަ އެވެ. އަނދިރިކަމުން ތަންދޮރު ވަކި ނުވާތީ އެ މީހުން ނަޖުމާ އައްސަން އުޅެ މަޑުކޮށްލީ އާދަޔާ ޚިލާފަށް ބަކަރިތައް ވެސް ހޭރިގަތް އަޑަށެވެ. ރޮމުން ގިސްލަމުން ދިޔަ ނަޖުމާއަށް ވެސް ސިހުން ގެނުވީ އެ އަޑުފައް ގަނޑެވެ. ހިނދުކޮޅެއް ވީއިރަށް އަނދިރިކަމުގެ ތެރެއަށް ލޯ ހޭނި ތަންދޮރު ވަކިވާ ވަރުވުމުން ތިން މީހުންވެގެން ނަޖުމާ ރޯނު އެދުގައި ބަދެލި އެވެ. ނަޖުމާ ބަނދެލީ އިރަށް ނާޒިމު އާއި ޔާސިފު ވެސް އެތަނަށް ނިކުތެވެ. އަތުގައި ޒާތެއްގެ ފުޅި އެއް އޮތެވެ. އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށް އައިސް އެ ތިން މީހުންނަށް ފުޅި ދިއްކޮށްލި އެވެ. އެހިނދު ނަޖުމާގެ ބޮލުގައި އޯގާތެރި އަތަކުން ފިރުމާލި ކަމުގެ އިޙްސާސް ވެގެން ފަހަތަށް ބަލާލެވޭތޯ މަސައްކަތްކުރި އެވެ. އޭނާ ގެ އަނގަމަތީ އައްސާފައިވާ ފޮތިގަނޑަށް ދޫވި އެވެ. މަޑުމަޑު ގިސްލުމެއް ފިޔަވައި އެހެން އަޑެއް އޭނާ އަށް ބޭރުކޮށް ނުލެވުނެވެ. އަތާއި ފައިގައި އައްސާ ބާރުކުރެވިފައިވާ ފޮތިތައް ދޫވި ކަން އޭނާއަށް ދެނެހުއްޓެވެ. އެހެނަސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާ އަށް ހައިރާންކަން ލިބުނީ ކުރިމަތީ ތަމްސީލުވާން ފެށި މަންޒަރުތަކުންނެވެ.

އެއީ އޭނާގެ ސޫރަ އެވެ. އެ ފަސްމީހުން ގަދަކަމުން އަރައިގަންނަން އެމަސައްކަތް ކުރަނީ އޭނާގެ ޖިސްމަށެވެ. އެކި އެކި ގޯނާ ކުރަމުން އެދަނީ އޭނާގެ ހަށިގަނޑަށެވެ. ނަޖުމާ ހައިރާންވެ ބަސް ހުއްޓިފައި އިނދެވުނީ އެވެ.

“ނަޖޫ ބޭނުން ގޮތެއް! މިކަމުން ސަލާމަތްވާން ބޭނުމީ ފިލައިގެންތަ؟ ނޫނީ އެމީހުން ފުލުހުންނާ ހަވާލުކުރަންވީތަ؟” ނަޖުމާއަށް އިވުނީ އަޑެކެވެ. ރީތީ ސާދާ ފިރިހެން އަޑެކެވެ. އޯގާތެރި މައުސޫމް އަޑެކެވެ.

“ވަރަށް ގިނަ ސުވާލު އުފެދޭނެ! ފަހުން ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެ! ބޭނުމީ ފިލަންތަ ނޫނީ އެމީހުން” އަނެއްކާ ވެސް ސުވާލު ތަކުރާރު ވި އެވެ.

“އިންސާފު” ބޭއިޚްތިޔާރުގައި ނަޖުމާއަށް ބުނެލެވުނީ އެހާ ހިސާބަށެވެ.

“ތި ތިބަ އަންނަނީ މި ސަރަހައްދު ޕެޓްރޯލް ކުރަން އުޅޭ ދެ ފުލުހުން މި ގެއަށް.. ނަޖުމާ ވިސްނައިގެން ކުރިއަށް ދޭ ފަހަތުގައި އަހަރެން މި ހުރީ” އެ އަޑުގައި އެކުލެވި ފައިވާ އޯގާތެރި އަސަރުގެ ސަބަބުން ނަޖުމާ ހައިރާންވެފައި ބަލާލީ މަގާވީ ކޮޅަށެވެ. ފުޅަފެއް، ފޫޓު ފާރެއް ނެތްކަމުން ފުލުހުންގެ ސައިކަލް އައިސް މަޑުކޮށްލީ އޭނާ އިން އެނދާ ދާދި ކައިރިއަށެވެ. އެއާ އެކު ކޮށީތެރޭގައި ތިބި ބަކަރިތަކުގެ ރުއިމުގެ އަޑު ބާރުވެ ހޭރި ގަތެވެ. ނަޖުމާއަށް ބަލާ ލެވުނީ ޔާސިފުމެން ނަށެވެ. ފެނުނު މަންޒަރުން އޭނާ ހަޅޭ ލަވައިގަތެވެ. ބާރުބާރަށެވެ.

ކުއްލިއަކަށް ހިމޭޝް އަށް ހޭލެވުނެވެ. އޭނާގެ ކަންފަތުގައި އެ އަޑު ތަކުރާރުވޭވޭ ހުރިހެން އޭނާއަށް ހީވި އެވެ. ހަމަޖެހި ލަމުން ފުންނޭވާއެއް ދޫކޮށްލާ އެނދުގެ ލައިޓް ޖައްސާލި އެވެ. ހިތާ ހިތާ ކިޔާލި އެވެ. “މާ ބޮޑަށް މީގެ ތެރެއަށް ވަދެވެނީ ކަންނޭގެ! މިރޭ ކިޔާލެވުނު ތަން މި ފެނުނީ ހުވަފެނުގަ! މީ މީ ވަރަށް…” ދެ ފަރާތަށް ބޯ ހުރާލަމުން އެނދުމަތި ބަލާލި އެވެ. ކިޔަން ގެންގުޅުނު ފޮތް ކޮބައިތޯ އެވެ. އެނދުމަތީގައި ބަންޑުން ފޮތް އޮއްވާ ފެނުމުން އަވަސް އަރުވާލާފައި ބަލާލި އެވެ. ބޯހޫރާލެވުނީ ދެނެވެ. އޭނާއަށް ކިޔާލެވުނު ހިސާބު ހުވަފެނުން ފެނުނީތީ އެވެ. ނިދީގެ އަސަރުތައް ކެނޑެމުން ގޮސް މުޅި މީހާގެ ޝައުޤުވެރިކަން ފޮތަށް ދޫވި އެވެ. މަޑުމަޑުން ޖެހިގެން އޮތް ގަނޑު އެއްލި އެވެ.

= ނުނިމޭ =