ފެންތަށި: ދިވެހިންނަށް ވާންވީ ގޮތް އެނގޭ

މުޙައްމަދު ފިރާޟް

މެނިފެސްޓޯތައް ތިލަވެ، ވަޢުދު މެހުކަށް ޖަހަމުން، ދަވާދާއި ކުދި އެކި ކުލަ ކުލައިގެ ދިދަތަކުން ރަށް ޖަރީކޮށްލަމުން ދާއިރު ދިވެހި ދިދަ  ދިވެހި ރައްޔިތުންގެ ހިޔާވަހި ކަމުގައި އެ ހުރީއެވެ. ގަދަ، ވަރުގަދަ ހުދާއި، ލޭ ރަތާއީ ޤައުމީ ދިވެހި ރުކުގެ ގަދަ ފެހިން ބުނެ  އެ އަންގަނީ މި އީ އަހަރެމެންގެ ލޮބުވެތި ވަޠަން ކަމެވެ. ވަޠަން ގެ ގޮވާ ގޮވުމުގެ މަތިން ހަނދާންކުރުމަށް ބުނެދެއެވެ.  މާމަލުން ފޮނިބޮމުން ސިޔާސީ ހަރަކާތް މި އަދުގެ ވެށީގައި ހިންގުމަކީ އުދަގޫކަމެކެވެ. މިހާރު ރާއްޖެތައްޔާރުވެފައި އޮތީ ސަރުކާރާއި އެއްކޮޅު އަދި ސަރުކާރާ ދެކޮޅަށް ބަސް ބުނުމުގެ ހަގުރާމަ އަކަށެވެ. ސަރުކާރާއި އެއްކޮޅަށް ބަސް ބުނަން ބޭނުންވި އެއްވެސް ސިޔާސީ ޕާޓީއެއް މި އަދު ނެތުމުން، އަދުގެ ސިޔާސީ ވެށީގެ ނާޒުކުކަން އަޅުގަނޑުމެންނަށް ދެނެގަނެއެވެ. މި ނާޒުކު ސިޔާސީވެށީގެ އަސަރު ޢާއިލާތަކަށް ވަނީ ނުހަނު ވަރުގަދައަށް ފޯރާފައެވެ.

ސިޔާސީ މާހައުލުގައި ކަރަޕްޝަނާއި ފަސާދަ އަދި ނުފޫޒުގެ ވާހަކަތައް އަޑުއަހަމެވެ. ވޯޓު ގަނެ ވިއްކާ ވާހަކައަކީ މުޅިން އައު ވާހަކައެއްވެސް ނުމެ ނޫނެވެ. ނަމަވެސް، ބޮޑު ވައްކަމާއި ޙިޔާނާތުގެ ވާހަކަ ތަން ކޮޅެއް އަލެވެ. ދައުލަތުގެ އާސަންދަ އާއި، ހަޒާނާއާއި އަދި ކަދުރު ދައުލަތުގެ އޮފީހަކުން ނޫންގޮތަކަށް ބެހީ މުޅިން އަލަށެވެ. މަގުމަތީގެ ގޮތް ނޭގޭ މަރުތައް އާންމު މިވަނީ މުޅިން އަލަށެވެ. ދައުލަތުގެ އެކިއެކި މުއައްސަސާތައް ހިންގުމަށް ތިއްބަވާ ވެރިން ކުއްލި ސިހުން ލިބޭ ގޮތަށް ބަދަލުވަނީ މުޅީން އަލަށެވެ. މުޖުތަމަޢު އަށް ނުރައްކާތެރިކަން އުފައްދާމީހުން ކޯޓުތަކުން މުޖުތަމަޢުއަށް ކޯޓު އަމުރުން ގިނަ ކުރަނީއެވެ. ސަރީޢަތް ނިމެންދެން މުއްދަތުޖެހުން އާންމުވަނީ އެވެ. ތަރައްޤީ އަކީ ކޮންކްރީޓް ބުރިޖުކަމަށްވާނަމަ، އަޅުގަނޑުވެސް އެ ބުރިޖު ބިނާކުރުމަށް ނުކުތީހެވެ. ބުރިޖު އެޅެމުންދާއިރު، ރައްޔިތުންގެ ގައިން ހިއްލާ “ދައު” އަލުގަނޑުމެން ނުދެކެނީހެވެ. ދައުލަތް ހިންގުމަށް އޮތް ހަމައެކަނި ގޮތަކީ ޓެކްސް ނެގުން ކަމަށް ދަޢުލަތަށާއި ސަރުކާރަށް ހީވެއްޖެއެވެ. އަދި އެ ޓެކްސް ތަކަކީ އާންމު ނިކަމެތި ފަރުދުންގެ އަތުން ނެގޭ ޓެކްސް ތަކެއްކަމުގައި ހަދައިފީމުއެވެ.

މި މައްސަލަތަކަށް ހައްލު ލިބެންއޮތީ، ވާންވީގޮތް އެނގިގެންނެވެ. ވާންވީގޮތް،  ބޮޑު އަގުގައި ގަންނާނެކަމެއް ނެތެވެ. ހަމައެކަނި އަޑު އަހާލާފަ ޢަމަލުކޮށްލަވާށެވެ. ވާންވީގޮތަކީ، މިހާރުގެ ސަރުކާރުގެ ބާރުކަޑުވާލުމަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާންވީ ތިލަފަތަށެވެ. އެންމެން ދަންނަ އަދި ހަމަ ހަމަ ކުރަން ބޭނުންވާ ތިލަފަތަށެވެ. އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނަށް ވޯޓު އެޅުމަށް ޤައުމު މި ވަގުތު ބޭނުންވެއެވެ. އަނިޔާވެރިކަމާއި ބޭއިންސާފަށް ހަމައެކަނި ބަސް ބުނީ އެމް.ޑީ.ޕީން ކަމަށް ވާތީއެވެ.