Banner Image Description

ތިބާޔަށް ތިބާ ބޮޑުކަމުދާ ތަކެއްޗާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް؟ (ކުލަ)

އާމިނަތު ސަމާ

އަހަރެމެން ބޮޑުކަމުދާ ނަޖިހަކީ އަހަރެމެން ކާ ކާނާއިން ހަށިގަނޑަށް ބޭނުންވާ ބައިތައް ހަށިގަނޑަށް ދަމައިގަތުމަށްފަހު ބާކީ ހުންނަ ބައެވެ. ބޮޑުކަމުދިއުމަކީ ސިއްހަތު ސަލާމަތުން ހުރުމަށް ވަރަށްވެސް މުހިންމު ކަމެކެވެ. ސަބަބަކީ އެނިޒާމުން ހަށިގަނޑުގައި އުފެދޭ ބޭކާރުބައި ބޭރުކޮށްލާތީއެވެ. އެހެންކަމުން ބޮޑުކަމުދާ ނަޖިސް ހުންނަ ކުލައިންނާއި ވައްތަރުން އަހަރެމެންގެ ހަށިގަނޑުގެ ތެރޭގައި ހިނގަމުންދަނީ ކޮންކަހަލަ ކަންތައްގަނޑެއްކަން ދެނެގަނެވެއެވެ.

“ތިބާޔަށް ތިބާ ބޮޑުކަމުދާ ތަކެއްޗާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް؟” މިސިލްސިލާ ހާއްސަކޮށްލާނީ ބޮޑުކަމުދާ ނަޖިހުން ދައްކުވައިދޭ ނިޝާންތައް ކިއުންތެރިންނާއި ހަމައަށް ގެނެސްދިނުމަށެވެ. އެގޮތުން ފުރަތަމަ ބައިގައި ބަލާލާނީ ބޮޑުކަމުދާ ތަކެތި ހުންނަ ކުލައިން ދައްކުވައިދޭ އަލާމާތްތަކުގެ މައްޗަށެވެ.