Banner Image Description

އެޕަލްގެ އައިޕެޑުގައި ވަޔަލެސް ޗާޖިން ހިމަނަނީ!

މުޙައްމަދު އިމްރާން

އެޕަލްގެ އައިޕެޑްތައް ވަރަށް ފުރިހަމައެވެ. ލޮލަށްފަސޭހަ ޑިސްޕްލޭއެވެ. އެހާމެ ތުންޏެވެ. މިފަހަރުގެ އައިޕެޑް ނެރޭއިރުވެސް އިތުރު ފުރިހަމަކަމެއް އެޕަލްއިން ގެންނާނެއެވެ. އެއީ ޔަޤީންކަމެކެވެ. މިފަހަރު އެންމެ ފަތުއަޑުކިޔާފައި ޓެކް ޚަބަރުތައް ގެނެސްދޭ ޕްލެޓްފޯމްތަކުގައި ދައްކާ ވާހަކައަކީ، އެޕަލްއިން މިފަހަރު ނެރުމަށް ތައްޔާރުވަމުންދާ އައިޕެޑް ޕްރޯގައި ވަޔަލެސް ޗާޖުކުރެވޭނެ ފީޗަރ ހިމަނާނެ ވާހަކައެވެ. މިއީ އާ ފީޗަރއެއް ނޫނެވެ. ވަރަށް ގިނަ ޑިވައިސްތައް ވަޔަލެސްކޮށް ޗާޖުކުރެވެއެވެ. ނަމަވެސް، އައިޕެޑުގައި އެފަދަ ފީޗަރއެއް ހިމަނާ މިއީ ފުރަތަމަ ފަހަރެވެ.

އައިޕެޑް ޕްރޯގެ މި ހާއްސަކަމާއެކުގައި ދެކެވޭ އަނެއްވާހަކައަކީ، އައިޕެޑް ޕްރޯގެ ފަހަތް މިފަހަރު ހުންނާނީ ބިއްލޫރިން ކަމުގައި ބުނެވޭ ދެކެވޭ ވާހަކައެވެ. އެޕަލްއިން އެލްމިނިޔަމް ބެކް ދޫކޮށްލަނީބާވައެވެ؟ ޚަބަރުތައް ގެނެސްދޭ އެމެރިކާގެ ބުލޫމްބަރގް އިން ބުނަނީ މިގޮތަށެވެ. އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލްއިން 2022 ގައި ނެރެން ހަމަޖެހިފައިވާ އެމީހުންގެ އާ އުފެއްދުމެއްކަމުގައިވާ އައިޕެޑް ޕްރޯ އަދި އައިޕެޑް މިނީގައި ގްލާސްބެކް އާއި، ވަޔަލެސް ޗާޖިން ހިމެނޭނެއެވެ. އަދި ހަމައެހެންމެ އެންމެ ފަހުގެ 5ޖީ ނެޓްވޯކް ލިބޭނެ ޓެކްނޮލޮޖީވެސް ހިމަނާނެއެވެ.

އައިޕްޑްގައި ހިމަނާނެކަމަށްބުނެ ދެކެވޭ އަނެއް ހާއްސަ ފީޗަރއަކީ، މިހާރުގެ ގިނަ ފޯނުތަކެކޭ އެއްގޮތަށް، އައިޕެޑްގެ އަރިމަތީ އޮންނަ ހުސް ޖާގަ ކުޑަކުރުމެވެ. އަދި ހަމައެހެންމެ، އައިޕެޑްގެ ހޯމް ބަޓަން މިފަހަރު ނީންނާނެ ކަމުގައި ވެއެވެ.