ސަމްސަންގ ޒެޑް ފޯލްޑް 3 އަދި ޒެޑް ފްލިޕް 3 ގެ އަގު ހެޔޮވާނެ

މުޙައްމަދު އިމްރާން

ސަމްސަންގްގެ ޑިސްޕްލޭ ފައްޖަހާލެވޭ ގެލެކްސީ ޒެޑް އާއިލާއަށް އެބްނެ ފަހުން އިތުރުވާނެ، ދެ މެމްބަރުންކަމުގައިވާ ސަމްސަންގް ގެލެކްސީ ޒެޑް ފޯލްޑް 3 އަދި ސަމްސަންގް ގެލެކްސީ ޒެޑް ފްލިޕް 3 ގެ އަކުން، ކުރިން ހާމަކުރިއަގަށްވުރެ 20 އިންސައްތަ އަގު ހެޔޮވާނެކަމަށް ސަމްސަންގް އިން ހާމަކޮށްފިއެވެ.

މީގެ ކުރިން ސަމްސަންގް އިން ނެރެފައިވާ މިސީރީޒްގެ ފޯނުތަކަކީ ނިސްބަތުން ވަރަށް އަގުބޮޑު ފޯނުތަކެކެވެ. ހާއްސަކޮށް ސަމްސަންގް ގެލެކްސީ ޒެޑް ފޯލްޑް 2 އަދި ސަމްސަންގް ގެލެކްސީ ޒެޑް ފްލިޕް 5ޖީ އަގު ބޮޑުކަން ސަމްސަންގް އަށް ލޯބިކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ސަމްސަންގް ގެ މި ހާމަކުރުމާއެކުގައި، ކުރިން ލަފާކޮށްފައިވާ އަގަށް ބަލާ ފޯނުގެ އަގުން 400 ޑޮލަރު ކުޑަވެގެންދާނެއެވެ. މިއީ، ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 6500 އެއްހާ ރުފިޔާ ކުޑަވެގެންދާނެއެވެ. ސަމްސަންގް ރަސްމީކޮށް މި ފޯނުތަކުގެ އަގު ހާމަކޮށްފައި ނުވިނަމަވެސް، ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން މި ފޯނުތަކުގެ އަގުތަކެއް ކަމުގައިބުނެ އަގުތަކެއްވަނީ ހަމަކޮށްފައެވެ.

ސަމްސަންގް ގެލެކްސީ ޒެޑް ފޯލްޑް 3 ގެ އަގު 1599 ޑޮލަރަށް އަރާނެކަމަށް ވެއެވެ. މިއީ ދިވެހިރުފިޔާއިން ބަލާއިރު ގާތްގަނޑަކަށް 30،000 ރުފިޔާއެވެ. އަދި ސަމްސަންގް ގެލެކްސީ ޒެޑް ފްލިޕް 3 ގެ އަގު 959 ޑޮލަރުގައި ހުންނާނެކަމަށް ލަފާކޮށްފައިވާއިރު، މިއީ ދިވެހި ރުފިޔާއިން ބަލާއިރު، ގާތްގަނޑަކަށް 15،000 ރުފިޔާއެވެ. މިއީ ލަފާކުރާ އަދަދުތަކެއްކަމުގައި ވީހިނދު، މި ފޯނުތަކުގެ އަގު ރަނގަޅަށް ސާފުވެގެންދާނީ ސަމްސަންގް އިން ފޯނުގެ އަގު ރަސްމީކޮށް އިއުލާނުކުރުމުންނެވެ.